ވަރަށް ހެޔޮވާނެ ދެއްވާނޭ އަތަށް މެޓައެއް ދެ ދޯސާޔާ
ނަށަން ބުނެފާ ނުދީ ހަކުރެއް ގުޅާނީ ދެން ތަމާޝާޔާ
ގެނެސްދެއްވާނެ އުޅަނދެއް ނެތް ރިޔާ ކުނބަކާއި ފަރުމާނާ
ބަލަން ހުރެފާ ކަނޑާލާނޭ ގެނބުރު ފުށުވާ ދެ ބޯސާޔާ
މަށަށް ދައްކައިދެމުން ކުޅިވަރުގެ ހަމަތައް އޭގެ އަޚުލާޤާ
ވަރަށް ސިއްރުން މުށަށްލާނޭ ހުކުންބުނި މަންނަ ބާޝާޔާ
ދެމުންދާ ހެޔޮއެހީތަކުގައި ބަނުން އަތްފައި ޝަރުޠުކޮށްފާ
ދަމުން ގެންދާނެ މުދަލާ އޭގެ އަގު އަދި އިތުރު ފައިސާޔާ
ނުވާނޭ ހިތްހެވެއް ބަސްމަގު އޮމާންކުރިއަސް ދޮގާ މަކަރުން
ހުވައިކުރިއަސް މަހާ ކަށްޓާ ދަމައިގަންނާނެ ކީސާޔާ
