Support Us

ފިލިޕީންސްގެ ތޫފާނުގައި 2 މަރު، 1.4 މިލިއަން މީހުން ހާލުގައި ޖެހިފައި

ފިލިޕީންސްއަށް އައި، ފަންގް ވޮންގް ނަމަކަށް ކިޔާ ތޫފާން، މިއަދު އެ ގައުމު ފަހަނަޅައި ދިޔަ އިރު ދެ މީހުން މަރުވެ، 1.4 މިލިއަން މީހުން ގެދޮރު ދޫކޮށްފައި ދާން ޖެހިއްޖެއެވެ.

އިއްޔެ އައި ތޫފާންގައި ފިލިޕީންސްގައި ވަނީ ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް އަދި ބޮޑު ރާޅު އަރައިފައެވެ.

"ބައެއް މީހުން ތިބީ ގޭގޭގެ ފުރާޅުތައް މަތީގައި،" އެހީ ފޯރުކޮށްދިނުމުގެ ގްރޫޕެއްގެ އޮފިޝަލަކު ބުންޏެވެ.

ރަނގަޅު ތަފާސްހިސާބުތައް ލިބޭނީ ކަރަންޓާއި މުވާސަލާތީ ހިދުމަތް އަލުން ގާއިމު ކުރެވުމުން ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

މިއީ މި އަހަރުގެ ތެރޭގައި ފިލިޕީންސަށް އައި 21 ވަނަ ތޫފާނެވެ.

ގަޑިއަކު 115 މޭލު ބާރު މިނުގައި ވައި ޖެހެމުންދިޔަ ތޫފާންގެ ބާރު މިހާރު ކުޑަވެ، މި ހަފުތާގެ ފަހުކޮޅު ޓައިވާނަށް ލައްވާލާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ.

ފިލިޕީންސުން މިހާރު ދަނީ ގެއްލުން ލިބުނު ތަންތަން މަރާމާތުކޮށް، ގެދޮރުން ނުކުންނަން ޖެހުނު އާއިލާތައް ރައްކާތެރި ސަރަހައްދުތަކަށް ގެންދަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *