ފިލިޕީންސްގައި 204 މީހުން މަރުވި ތޫފާން ކަލްމައިގީއަށް ފަހު މުޅި ފިލިޕީންސް މަތި ފުރާލާނެ ކަމަށް ބެލެވޭ ތޫފާން ފަންގް ވޮންގްއަށް މިއަދު ތައްޔާރު ވެއްޖެއެވެ.
ކަލްމައިގީން އަރައިނުގަނެވިގެން އުޅެނިކޮށް ފަންގް ވޮންގްއަށް ތައްޔާރުވުމަށްޓަކައި ރައީސް ފާޑިނަންޑް މާކޮސް ޖޫނިއާ މިހާރު ވަނީ ގައުމީ ކުއްލި ހާލަތު އިއުލާން ކުރައްވައިފައެވެ.
"ފަންގް ވޮންގް މުޅި ގައުމުގެ މަތި ފުރާލާނެ. ގާތްގަނޑަކަށް އެހާ ވެސް ފުޅާކޮށް ފެތުރިފައި އޮންނާނީ،" މޫސުން ލަފާ ކުރާ އޮފިޝަލަކު ބުންޏެވެ.
އައްސޭރިފަށާއި ބިންތިރި ސަރަހައްދުތަކުގައި އުޅޭ މީހުން އުސް ބިންތަކަށް ދިއުމަށް ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ރައްޔިތުންނަށް ހިތްވަރު ދީފައެވެ. ބޮޑު ރާޅު އެރުމާއި ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޒާރު ދީފައެވެ. އަދި މުޅި ގައުމުގައި ވަނީ ކުއްލި ހާލަތުގައި ތިބެވޭނެ ހިޔާތައް ގާއިމުކޮށްފައެވެ.
ކަލްމައިގީ ތޫފާންގެ ހިތިކަން ތަޖުރިބާ ކުރި މީހަކު ވަނީ އޭނާއަށް ކުރެވުނު ހިތާމަވެރި ތަޖުރިބާ ހިއްސާކޮށްފައެވެ.
"އަހަރެންގެ އާއިލާގެ ގާތުގައި ބުނީ ހިތްވަރު ކޮށްފައި ފަތަފަތާ އޮތުމަށް. އެ މީހުންނަށް އަހަރެންގެ ގޮވައިލުން އަޑެއް ނީވުނު. އެހެންވެ އަހަރެންނަށް ދެން އަހަރެންގެ އާއިލާއާ ބައްދަލެއް ނުވާނެ،" މީޑިއާއަށް އޭނާ ބުންޏެވެ.



advertisment