Support Us

ކަސްރަތުން ހިތުވިންދު މަދުކޮށްދޭ ނަމަވެސް ފުރާނަ ދިގުވުމަށް ހުރަހެއް ނެތް

ހަރަކާތްތެރިކަން މަދު މީހުންނަށްވުރެ ޖިސްމާނީ ގޮތުން ފިޓު މީހުންނަށް ބޭނުންވާ ހިތުވިންދު މަދުކަމަށް އޮސްޓްރޭލިއާގެ ދިރާސާއަކުން ހާމަވެއްޖެއެވެ.

މި އައު ދިރާސާއިން އެނގުނީ ހަރަކާތްތެރިކަން މަދު މީހުންގެ ވިންދު މިނެޓަކު 76 ފަހަރު ޖަހައިއިރު އެތުލީޓެއްގެ ވިންދު ނިސްބަތުން އުޅެނީ މިނެޓަކު 68 ގައި ކަމެވެ.

މީގެ މާނައަކީ ހަރަކާތްތެރި ނޫން މީހުންގެ ހިތުވިންދަކީ ދުވާލަކު 109،440 ކަމަށްވާއިރު، އެތުލީޓެއްގެ ހިތުވިންދަކީ ދުވާލަކު 97،920 ކަމެވެ.

"ކަސްރަތުކުރާ މީހަކަށް ދުވާލަކު 11،500 ހިތުވިންދު 'ސޭވް' (ނުވަތަ ސަލާމަތް) ކުރެވޭ،" ދިރާސާގައި ބައިވެރިވި ސައިންސްވެރިޔަކު ބުންޏެވެ.

"މީގެ މާނައަކީ ކަސްރަތު ކުރުމުން ހިތް ވަރުގަދަވެ، އަދި ހިތުގެ މަސައްކަތްކުރުން ވެސް ރަނގަޅު ވާތީ، ކަސްރަތު ކުރާއިރު އެ ދައުރު ކުރާ ލޭގެ މިންވަރާ އެއްވަރުގެ މިންވަރަކަށް ލޭ ދައުރު ކުރަން، މީހާ ހަމަޖެހިލައިގެން ހުންނައިރު ވެސް ހިތުގެ ހިނގުން އަވަހެއް ނުވެއޭ،" އޭނާ އިތުރުކޮށްލިއެވެ.

އެހެންކަމުން، މި ދިރާސާއިން ހާމަވީ ހަޔާތުގައި އެ މީހާއަށް ލިބިފައިވާ ހިތުވިންދުގެ "ކޯޓާ" ދަށް ނުވާ ކަމެވެ.

"އެއާ ހިލާފަށް، އާދައިގެ ވަރަކަށް، ގަވައިދުން ހަރަކާތްތެރިވާ ނަމަ، ކޮންމެ ހިތުވިންދެއްގެ ވެސް ބޭނުން ހިފޭ،" ދިރާސާގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *