Support Us

ކުރު ވާހަކަ: އަނގުރު އަންދާ މީހާ އާއި ސުތުލި ސާފުކުރާ މީހާ

އެކަނި ހައްޓައިގެން އުޅޭ އަނގުރު އަންދާ މީހަކު އުޅުނެވެ.

އެ އަވަށުގައި ސުތުލި ސާފުކުރާ މީހަކު ވަޒަންވެރިވިއެވެ.

އަނގުރު އަންދާ މީހާ، ސުތުލި ސާފުކުރާ މީހާއާ ރަހްމަތްތެރިވިއެވެ. އަދި ސުތުލި ސާފުކުރާ މީހާއަކީ ރަނގަޅު އިންސާނެއްކަން އެނގުމުން، އަނގުރު އަންދާ މީހާގެ ގެއަށް ދިރިއުޅުން ބަދަލުކުރަން އަނގުރު އަންދާ މީހާ، ސުތުލި ސާފުކުރާ މީހާއަށް ދައުވަތު ދިނެވެ.

"އެ ގޮތަށް ހެދުމުން އަހަރެމެން ދެ މީހުން މާ ބޮޑަށް އެކަކު އަނެކަކު ދަންނާނެ. އަދި މީގެ އިތުރުން، އަހަރެމެންގެ ގޭތެރޭގެ ހަރަދުތައް ކުޑަވާނެ،" އަނގުރު އަންދާ މީހާ، ސުތުލި ސާފުކުރާ މީހާއަށް ބުންޏެވެ.

ސުތުލި ސާފުކުރާ މީހާ، އަނގުރު އަންދާ މީހާއަށް ޝުކުރު އަދާކުރިއެވެ. ނަމަވެސް އަނގުރު އަންދާ މީހާއާ އެއްބަހެއް ނުވިއެވެ. ބުންޏެވެ:

"މަ ސާހިބާ، ތިޔަ ކަމާ އަހަރެންނަށް ވިސްނޭކަށް ވެސް ނެތް. ސަބަބަކީ، އަހަރެން މި އޮއް އުނދަގުލުން ސާފުކޮށް، ހުދުކޮށްލައި ސުތުލިތައް، ތިބާގެ އަނގުރުން ކަޅުމަދަނަށް އިސާހިތަކު ބަދަލުކޮށްލާނެ."

އިބުރަތް:

އަނގުރު އަންދާ މީހާ ދިނީ އޭނާގެ ގެ ހިއްސާކުރަން ރަހްމަތްތެރިކަމުގެ ދައުވަތެއް ކަމަށް ވިޔަސް، މި ދެ ފަރުދުންނަކީ އެކުގައި ދިރިއުޅެވޭނެ އަދި އެކުގައި މަސައްކަތް ކުރެވޭނެ ދެ މީހުންނެއް ނޫނެވެ. ސަބަބަކީ ދެ މީހުން ކުރާ ދެ މަސައްކަތަކީ އެކުލަވާނެ ދެ ދާއިރާ ކަމަށް ނުވާތީއެވެ. އެހެންކަމުން، އަސާސީ ގޮތުން ޝަހުސިއްޔަތާއި ވައްޓަފާޅި ތަފާތު މީހުންނަށް، ކާމިޔާބު ކަމާއެކު އެކުނުލެވޭނެކަން މިއީ މި ވާހަކައިގެ އިބުރަތެވެ.

ނޯޓް:

މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، އާއްމު ގޮތެއްގައި ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް – ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރާ މީހެއް – އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

އީސޮޕްއަކީ "ފޭބްލް" ނުވަތަ "މުނާފިގުކަން" ދައްކުވައިދިނުމުގެ ގާބިލުކަން ހުރި އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނަގައިގެން ވާހަކަ ކިޔައިދިން މީހެކެވެ. އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ، ހަމައެކަނި "ދެ ފުށް ކެހެރި" މަހުލޫގެވެ. އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުންނެވެ. މިހެންވެ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތަކުން ހާމަވާނީ، އޭގެ އަސްލު ވާހަކަ ފެންނަ ގޮތް ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *