Support Us

"ހަނގުރާމައެއް ވެސް ނޫން، ސުލްހައެއް ވެސް ނޫން"- ޣައްޒާ ވާނުވާގައި

މި މަހު 10 ގައި އެމެރިކާއިން މެދުވެރިވެގެން ގާއިމުކުރި ސުލްހައިގެ އެއްބަސްވުން މުގުރައިލައި ކަހަލަ ގޮތަކަށް އިސްރާއީލުގެ އަމަލުތައް މިހާރު ހުރުމުން ޣައްޒާގެ ހާލަތުވަނީ "ލިމްބޯ" ނުވަތަ "ވާނުވާ"އަށް ވެއްޓޭ ކަހަލަ ގޮތަކަށް ކަމަށް އދ.އިން ބުނެފިއެވެ.

މިހާތަނަށް 67،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ޣައްޒާ މި ވަގުތު އޮތީ "ނޯ ވޯ، ނޯ ޕީސް" ނުވަތަ ލަފުޒީ މާނައިން ނަމަ "ހަނގުރާމައެއް ވެސް ނޫން، ސުލްހައެއް ވެސް ނޫން" ފަދަ ހާލަތަކަށް ހުށަހެޅިފައި ކަމަށް އދ.ގެ މަންދޫބު މާޖިދުލްއަންސޯރީ (ފޮޓޯ) އިއްޔެ ބުންޏެވެ.

"އިތުބާރު އަލުން ގާއިމު ކުރުމަށް ހުޅުވައިފައިވާ ދޮރު ހަލުއިކޮށް ލެއްޕެމުން ދަނީ،" އޭނާ ބުންޏެވެ.

އެއްކޮޅުން ޔަހޫދީންގެ ތެރެއިން ޒަހަމްވެފައިވާ ރަހީނުން ދޫކޮށްލުން މަޑުޖެހިފައިވާއިރު ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓިފައިވުމުން ދެ އަހަރު ވީ ޣައްޒާ ހަނގުރާމައާމެދު ސުވާލުތައް އުފެދިފައިވާ ކަމަށް ދޭހަވާ ގޮތަށް މާޖިދުލްއަންސޯރީ ވާހަކަދެއްކިއެވެ.

"ސުލްހައިގެ އެއްބަސްވުން ތަންފީޒުކުރުން މިހާރުން މިހާރަށް ފަށަން ޖެހޭ. ނޫނީ ސުލްހައިގެ އެއްބަސްވުން ނެތިގެންދިއުން އެންމެ ޔަގީންކަން ބޮޑީ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *