ނިއުކްލިއަ ތަހުލީލުކުރަން އަލުން އަވަހަށް ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވައިލެއްވުމަކީ އެމެރިކާގެ މުނާފިގުކަން ކަމަށް އީރާނުން ސިފަކޮށްފިއެވެ.
"އެމެރިކާއަކީ ނިއުކްލިއަ ހަތިޔާރު ގެންގުޅޭ ހަނގާކުރާ ފަރާތެއް،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ ރަސްމީ ދެވަނަ ނަމެއްގެ ގޮތުގައި "ހަނގުރާމައާ ބެހޭ ވުޒާރާ"ގެ ނަމަށް އެ ވުޒާރާ ރިބްރޭންޑް ކުރުމުން ވެސް އައްބާސް ފާޑުވިދާޅުވިއެވެ.
"އީރާނުން ސުލްހަވެރި ބޭނުންތަކަށް ހިންގާ ނިއުކްލިއަ މަޝްރޫއަށް ބިރުދައްކަމުންދަނީ ހަމަ އެ ހަނގާކުރާ ފަރާތް. އެއީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނެއް މުގުރަމުން،" އައްބާސް ވިދާޅުވިއެވެ.
ޓްރަމްޕް އަލުން ނިއުކްލިއަ ތަހުލީލުތައް ކުރިއަށް ގެންދަވަން ބޭނުންވެ ވަޑައިގަންނަވަނީ ރަޝިޔާ އާއި ޗައިނާއިން ވެސް އެ ކަހަލަ ކަމެއް ކުރަން އުޅޭތީ ނިއުކްލިއަ ހަތިޔާރު ރޭހެއް އަލުން ފެށިދާނެތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.



advertisment