Support Us

އެމްޕީއެލްގެ ފަޔާ އެކްސްޓިންގުޝަރސް ސެންޓަރުގެ ހިދުމަތް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަޔަރ އެކްސްޓިންގުޝަރސް ސެންޓަރުގެ ހިދުމަތް ފަށައިފި އެވެ.

އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން މި ސެންޓަރު ހުޅުވުން އޮތީ މިއަދު މެންދުރު ފަހުއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނާއި ކުންފުނީގެ އިސް ބައެއް ބޭފުޅުންނެވެ.

މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާފުޅި ރިފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރ ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމޭނޭ ކަމަށް އެމްޕީއެލުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑާ (ޑީ.ސީ.ޕީ) ކާބޮންޑައިއޮކްސައިޑް (ސީ.އޯ.ޓު) ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާފުޅިތައް ރީފިލްކޮށް ސަރވިސް ކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.

އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމުގެ އިތުރުން އެ ސެންޓަރުން ސާވިސް ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ފުޅިތަކަށް ކުލަޖެހުމާއި ލޭބަލް ކުރުމާއި ކުރުމާއި ސޭޕްޓީ ޕިން ހަރުކުރުމާއި މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

މީގެ އިތުރުން ސެލްފް ކޮންޓެއިންޑް ބްރީީީދިން އެޕަރޭޓަސް (އެސް.ސީ.ބީ.އޭ) ގައި ބޭނުންކުރާ އެއާ ސިލިންޑަރުތައް ރީފިލްކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްތައް ވެސް މި ސެންޓަރުން ކުރަމުން ގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

މީގެ ކުރިން އެމްޕީއެލްގެ ބަނދަރުތަކުގައި ބޭނުންކުރަމުން އައި އަލިފާން ނިއްވާ ފުޅިތައް ރިފިލްކުރުމާއި ސާވިސްކުރުމުގެ މަަސައްކަތް ކުރަމުން ގެންދިޔައީ އައުޓްސޯސްކޮށްގެންނެވެ. އެހެން ކަމުން މި ސެންޓަރުގެ ހިދުމަތް ފެށިގެން ދިއުމާ އެކު ކުންފުނީގެ ހަރަދުތައް ކުޑަވެގެންދާނެ ކަަމަށް އެކުންފުނިން ދެކެއެވެ.

މިހާރުވެސް އެމްޕީއެލްގެ ބަނދަރުތަކާއި އެހެން އިމާރާތްތަކުގައި ބޭނުންކުރާ 900 އަށްވުރެ ގިނަ އަލިފާން ނިވާފުޅި އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުން ބަލަހައްޓަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެެވެ.

މި ސެންޓަރުން މިހާރު އެމްޕީއެލްގެ އަލިފާން ނިވާ އާލާތްތަކަށް ހިދުމަތް ފޯރުކޮށްދިން ނަމަވެސް ކުރިއަށް އޮތްތަނުގައި ހިދުމަތް ފުޅާކޮށް، ވިޔަފާރި އުސޫލުން ހިދުމަތް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެކެވެ.

އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ގާބިލްކަން އިތުރުކުރުމަކީ ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި އެގޮތުން މިހާރު ވެސް ސަލާމަތާއި ރައްކާތެރިކަމުގެ އެކި ދާއިރާތަކުން އެކުންފުނީގެ ހެލްތް އެންޑް ސޭޕްޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި ތަމްރީނާއި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަަށް އެކުންނިން މައުލޫމާތުދެ އެވެ.

އެގޮތުން މިހާރު ވެސް އަލިފާން ނިވުމުގެ ގާބިލް ޓީމެއް އެކުންފުނީގައި އެބަ އޮތް ކަމަށާއި އެ ޓީމުގެ ފަރާތުން އަލިފާން ނިވުމުގެ ތަމްރީންތައް އެކުންފުނީގެ މުވައްޒަފުންނާއި އަމިއްލަ ބައެއް ފަރާތްތަކަށް ވެސް ކުރިއަށް ގެންދާ ކަަަމަށް އެމްޕީއެލުން ބުންޏެވެ.