ނާޒުކު ސުލްހައެއް ގާއިމު ކުރެވިފައިވީ ނަމަވެސް ޣައްޒާއިން ބޭރަށް ބޭސްފަރުވާ ކުރަން ނުދެވި އެތައް ކުޑަކުދިން މަރުގެ ތުންފަތްމައްޗަށް ހުށަހެޅިފައި އެބަތިބި ކަމަށް އދ.އިން ބުނެފިއެވެ.
އދ.ގެ ދަށުން ހިންގާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ބުނީ 15،000 ބަލި މީހުން ވީ އެންމެ އަވަހަކަށް ބޭރަށް ފަރުވާ ކުރަން ފޮނުވަން ޖެހޭ ކަމަށެވެ. މި މަހު 10 ގައި ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން ޣައްޒާއިން ބޭރަށް ދިއުމަށް އިސްރާއީލުން މިހާތަނަށް ހުއްދަ ދިނީ އެންމެ 41 ބަލިމީހުންނަށެވެ.
"އިސްރާއީލުން އަލުން މަގު ހުޅުވައިފި ނަމަ އިރުމަތީ ގުދުސްގައި ވެސް އެތައް ބަޔަކަށް ފަސޭހައިން ފަރުވާކޮށްދެވޭނެ،" އޮގަސްޓާ ވިކްޓޯރިއާ ހޮސްޕިޓަލްގެ ޑރ. ފާދީ އަތުރާޝް ބުންޏެވެ.



advertisment