* ރާގު: ގުޒްރާ ހުވާ ޒަމާނާ އާތާ ނެހީ…
ރޮއެފާ ކުރާ ދުޢާއޭ، ނިކަމެތި އަޅާގެ ޙާލޭ
ޔާ ރައްބަނާ އިލާހީ
ރޮއެފާ ކުރާ ދުޢާއޭ ނިކަމެތި އަޅާގެ ޙާލޭ
ޔާ ރައްބަނާ އިލާހީ! ޔާ ރައްބަނާ އިލާހީ
އެނގުމާއި ނޭނގުމެއްގައި ކުރެވޭ މި ފާފަ ތަކުގާ
ތައުބާވަމޭ މިނަފުސުން ﷲ ޙަޟްރަތަށް މާތް
ތައުބާ އަޅުގެ ޢަފޫކޮށް (2) ދެއްވާށިއޭ އިލާހީ
ޔާ ރައްބަނާ އިލާހީ! ޔާ ރައްބަނާ އިލާހީ
ޢާޖިޒު އަޅާގެ ޙާލަށް ރޮއެފާ އެދޭ މިއެދުމަށް
ސާބިތުކަމާއި ހިތްވަރު ދެއްވާށި! ހެޔޮ ޢަމަލުގައި
ދާއިމްވެ ސުވަރުގޭގައި (2) ލައްވާށި، ޔާ އިލާހީ
ޔާ ރައްބަނާ އިލާހީ! ޔާ ރައްބަނާ އިލާހީ
މިއަޅާގެ ހިތުގެ ޙާލާ، މިޅާގެ ލޮލުގެ ރުއިމާ
މިދުޢާ އިޖާބަ ކޮށް ދެއްވޭނޭ އެހެން ފަރާތެއް،
މިއަޅާގެ ހިތުގެ ތައުބާ (2) ދެނެވޮޑިގަތުން އިލާހީ
ޔާ ރައްބަނާ އިލާހީ! ޔާ ރައްބަނާ އިލާހީ
މަރުވާ ވަގުތު އަޅާޔަށް މަރުމަތި އަމާން ކުރައްވާ
ވަޅުލާ ހިނދުން ޖަނާޒާ ފަހި ރަޙްމަތާ އެކީގާ
ކަށްވަޅު އަމާން ކުރައްވާ (2) ދެއްވާށިއޭ! އިލާހީ
ޔާ ރައްބަނާ އިލާހީ! ޔާ ރައްބަނާ އިލާހީ
