Support Us

ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލޭން ބިން ދީފި

ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، އެޗްޑީސީން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކޮށްފިއެވެ.

ބިން ހަވާލުކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު އަޙުމަދު ޝިޔާމެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރެއިން، ކަންނެލި މަސްވެރިކަން ތަރައްގީކުރުމުގެ ހިމެނޭ މުހިންމު ވައުދުފުޅެކެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދުކުރާ ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމަކީ ދިވެހި މަސްވެރިންނަށް އެކަށޭނަ އަގުތަކެއް ހޯދައިދިނުމާއި، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށިގެންދާނެ މަސައްކަތެކެވެ." އެޗްޑީސީގެ ބަޔާނެއްގައި ވެއެވެ.

"އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައި.އެސް.ޑީ.ބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ފެސިލިޓީގައި، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ."