Support Us

އިސްރާއީލުގެ ގައިދީއެއްގެ މައުލޫމާތު ދިން މީހަކަށް ފަސް މިލިއަން ޑޮލަރު

އިސްރާއީލުގެ ގައިދީއެއްގެ މައުލޫމާތު ހޯދައިދިން މީހަކަށް ފަސް މިލިއަން ޑޮލަރު ދޭ ގޮތަށް އިޢުލާންކުރިއެވެ. މި ދަތި ދަނޑިވަޅުގައި ފަލަސްތީނު މީހަކަށް، ފަސް މިލިއަން ޑޮލަރަކީ، ވަރަށް ބޮޑު ލާރިގަނޑެކެވެ؟

އިސްރާއީލުގެ ގައިދީއަކު ބަންދުކޮށްފައިވާ ތަނާ ބެހޭ ގޮތުން މުޖާހިދެއްގެ ފަރާތުން ވިއަސް ނުވަތަ އާންމުންގެ ފަރާތަކުން ވިއަސް މަޢުލޫމާތެއް ފޯރުކޮށްދީފިނަމަ، އެންމެ މައުލޫމާތެއްގެ އަގު ފަސް މިލިއަން ޑޮލަރަށް އަރާނެ ކަމަށް ތަސައްވަރު ކޮށްލައްވާށެވެ! މި ހުށަހެޅުން 23 މަހަށް ދެމިގެންދިޔައެވެ. ޝައްކެއްވެސް ނެތް ގޮތުގައި، އެތައް ހާސް ހަނގުރާމަވެރިންނާއި، ތަޙުޤީޤުކުރާމީހުންނާއި، ޖާސޫސީ ގޮފީގެ މެމްބަރުންގެ އިތުރުން، އިސްރާއީލުގެ ގައިދީންނަށް ކާނާއާއި، ފަރުވާއާއި، ބޯހިޔާވަހިކަމާއި، ލާނެހެދުމާއި، ފެންވަރާނެ ފެން ފޯރުކޮށްދިން އެންމެންނަށްވެސް އެމީހުން ތިބި ތަނެއް އެނގޭނެވެ. ނަމަވެސް ފަސް މިލިއަން ޑޮލަރުގެ އިނާމުގެ ދަހިވެތިކަމުގައި އިސްރާއީލަށް އެންމެ މައުލޫމާތެއް ވެސް ނުލިބުނެވެ.

އިސްރާއީލުގެ ޓީވީން މޮސާޑުގެ ވެރިޔާ ވިދާޅުވީ "މި ހުށަހެޅުމަކީ، އެހެން ބަޔަކަށް ހުށަހެޅުނު، ހުށަހެޅުމެއް ނަމަ، އޭގެ ތެރެއިން ކޮންމެވެސް، އެކަކު ނަމަވެސް އެހާ ގިނަ އަދަދަކަށް ފައިސާ ލިބޭތީ އަމިއްލަ ބައްޕަ ހުރިތަން، ނުވަތަ އެންމެ ލޯބިވާ އެކުވެރިޔާ ހުރިތަންވެސް އަންގާނެއެވެ!"

ކުޑަވެސް ޝައްކެއްނެތެވެ. ހުރިހައިވެސް ސަބަބަކީ، ދުޝްމަނުންގެ ބިންގާތައް ތެޅިގަނެގެންދާ ފަދަ ހަރުދަނާ ގަދަފަދަ ޢަޤީދާއެއް މުޖާހިދުންނަށް ލިބިގެންވާކަމެވެ.

އެ ޢަޤީދާއަކީ، އޭގެ ހަރުދަނާކަމާއި ގަދަފަދަ ކަމުގެ ސަބަބުން ދުޝްމިނުންގެ ވުޖޫދަށް ފަލަސްތީނުގެ ބިމުގައި ނުރައްކާ ކުރިމަތިވެފައިވާ ކަމުގެ އިޙްސާސް ކުރުވި މުޙައްމަދު ޞައްލަالله ޢަލައި ވަސައްލަމަގެ ނަމޫނާ އަށް ތަބާވާ، އިސްލާމީ ޢަޤީދާއެވެ. އެއީ މާތް اللهގެ ހަޒުރަތުން ލިބޭނެ މަތިވެރި ސަވާބާއި ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކަށް ޓަކައި، ދުނިޔެވިއްކާލި ތެދުވެރި މުޖާހިދުންނެވެ.

އޭ ޣައްޒާގެ އަހުލުވެރިންނޭވެ!

ފައިދާ ހުރި ވިޔަފާރިއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *