Support Us

މިއަހަރުގެ މިހާތަނަށް އެކަނި ވެސް 95 ރަށެއްގައި ބީ.އެމް.އެލް އޭޓީއެމް ބަހައްޓައިފި

މިއަހަރުގެ މިހާތަނަށް އެކަނި ވެސް މާލެ ފިޔަވައި 95 ރަށެއްގައި މި ސަރުކާރުން މިވަނީ ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދޭން ފަށައިފަ އެެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި މިއަދު މިވަނީ އެ އަތޮޅު މަންދޫގައި ބިއެމްއެލް އިން ބެހެއްޓި 250 ވަނަ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފަ އެވެ.

މިއާއެކު މިހާރު މިވަނީ މާލެ ފިޔަވައި ރާއްޖޭގަައި މީހުން ދިރިއުޅޭ ރަށްރަށުގައި ފާއިތުވި 24 އަހަރު އޭޓީއެމްގެ ހިދުމަތް ނުލިބޭ ވަރަށް އޭޓީއެމްގެ ހިދުމަތް ލިބެން ފަށައިފަ އެވެ. ބީއެމްްއެލުން ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށި ފަހުން އޭޓީއެމް ބެހެއްޓިފައި ވަނީ 81 ރަށުގަ އެވެ.

މިހާތަނަށް އޭޓީއެމްގެ ހިދުމަތް ނުލިބި އޮތީ 10 ރަށަކަށެވެ. އެއީ ލ. އަތޮޅުގެ ހަތް ރަށާއި ށ. އަތޮޅުގެ ރަށަކާއި އަދި އައްޑޫ ސިޓީގެ ދެ ރަށެއްގަ އެވެ.

އޭޓީއެމްގެ ހިދުމަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.