* ރާގު: ނަޖަޓުކޯ ޒުލްފު ސޭ ޕާނީ…
ފަޚްރުވެރި ޓީޗަރުން އަރިހަށް މުނާސަބު ޝުކުރު ދަންނަވަނީ
ފަޚްރުވެރި ޚިދްމަތަށް، އައްސަރިބަހާ ސާބަސް! މިދަންނަވަނީ
މަލާމެލި ދިވެހި ބިމުގައިވާ ގަތައި ގުލްހާރު އަމުނައިގެން،
ވަށައިގެން މަރްޙަބާ ކިޔަމުންނެ ޓީޗަރުނަށް ވެދުން ކުރަނީ
މަދަދުވެރި ޓީޗަރުންނާ އަދި ޕްރިންސިޕަލުންގެ ޚިދްމަތަށާ
އަދަބުވެރި އިޙްތިރާމުން ތަހްނިއާ ލޯބިން މިދަން ނަވަނީ
އުނގަންނާ ދެއްވަވާ ފުރިހަމަކަމާ ޙިކްމަތްޕުޅުގެ ސަބަބުން
އުނގެނި ދަސްވެނިވަމުންދާ ދަރިވަރުން އަދު "ސެލިޔުޓޭ" ނަގަނީ
ތި ލޮބުވެތި ޓީޗަރުން ތިޔަ ދެއްވަވާ އަގުހުރި ފިލާވަޅުތައް
މިގައުމަށް ހެޔޮ ރަނގަޅު ޖީލެއްގެ ކުރިމަގު ފެންނަމުން މިދަނީ
އެތައް ރޮނގަކުން މިއަދު ތިޔަ ޓީޗަރުން ދަސްވެނި ކުރާ ޖީލުން،
ހިތަށް ލިބިދޭ ތަޞައްލީއަށް، ޝުކުރު އޮހެމުންނެ! އަދު މިދަނީ
