މޮޅުކަމެއް ލިބުމުން ތިމާ ހުރި، މޮޅުކަމުން ހޯދުނު ކަމެއް
ދެރަކަމެއް ކުރިމަތިވިނަމަ މީހަކު ތިމާޔަށް ކުރިކަމެއް
މޮޅުކަމެއް ލިބުމުން ތިމާ ގޯސްމަގުތަކަށް ލެނބެވޭގޮތުން
ދެރަކަމެއް ކުރިމަތިވިނަމަ މީހަކުތިމާޔަށް ކުރިކަމެއް
މޮޅުކަމެއްލިބުމުން ތިމާ ޣާފިލުވެ މަގުއޮޅި ގެއްލުމުން
ދެރަކަމެއް ކުރިމަތިވިނަމަ މީހަކު ތިމާޔަށް ކުރިކަމެއް
މޮޅުކަމެއްލިބުމުން ޙަލާލު ޙަރާމު ނުބަލައި އުޅެގަތީމާ
ދެރަކަމެއް ކުރިމަތިވިނަމަ މީހަކު ތިމާޔަށް ކުރިކަމެއް
މޮޅުކަމެއް ލިބުމުން ޒަކާތެއް ޞަދަޤަތެއް ނުމެދީ އުޅުން
ދެރަކަމެއް ކުރިމަތިވިނަމަ މީހަކު ތިމާޔަށް ކުރިކަމެއް
މޮޅުކަމެއް ލިބުމުން ކިބުރުވެރި މީހަކަށް ވީމާ ތިމާ
ދެރަކަމެއް ކުރިމަތިވިނަމަ މީހަކު ތިމާޔަށް ކުރިކަމެއް
މޮޅުކަމެއް ލިބުމުން ފަޤީރުން ޙައްޤުތައް ނިގުޅައިގަތުން
ދެރަކަމެއް ކުރިމަތިވި ނަމަ މީހަކު ތިމާޔަށް ކުރިކަމެއް
މޮޅުކަމެއް ލިބުމުން އެކަން ދެއްވެވިފަރާތް އޮޅުވާލުމުން
ދެރަކަމެއް ކުރިމަތިވުމުން މީހަކު ތިމާޔަށް ކުރިކަމެއް
މޮޅުކަމާ އަދި ދެރަކަމާ ﷲ މިންވަރުފުޅު ކަމާ
ދެރަކަމެއް ކުރިމަތިވިޔަސް ޙާޞިލް ކުރަންވީ ޢިބްރަތެއް
