އެކުވެރި އަރަބި އިމާރާތުގައި ކުރިއަށްދާ "ޝާރިޤާ ބައިނަލްއަޤުވާމީ ވާހަކަ ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިއްޔެ ބައިވެރިވެވަޑައިގެން، ތާނައަކުރާއި އަރަބި އަކުރާ ހުރި ގުޅުމުގެ މައްޗަށް ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ.
ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން އިންތިޒާމްކޮށްގެން މި މަހުގެ 22އިން 26އަށް ބާއްވާ "ޝާރުޖާ ނެރޭޓާރސް ފޯރަމް"ގެ 25ވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ވަޒީރު އާދަމް ނަޞީރެވެ. މި ފޯރަމު މި އަހަރު ޚާއްޞަކޮށްފައިވަނީ ދިވެހިރާއްޖެއަށެވެ. މި ފޯރަމުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޝާރިޤާގެ ޙާކިމް އައްޝައިޚް ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީ ވެސް ބައިވެރިވެވަޑައިގަތެވެ.
މި ފޯރަމްގައި އާދަމް ނަޞީރުގެ އަރިހުގައި، ދިވެހި ޤައުމިއްޔަތުގެ ތާރީޚުވަރުގެ އިސްވާރު، ކަށިިމާ އަޙްމަދު ޝާކިރާއި ދިވެހި ޤައުމިއްޔަތުގެ ފަންނުވަރުގެ އިސްވާރު ޢިޝާ ޢަބްދުލްޢަޒީޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ތަރިކަ އިއާދަކުރެއްވުމުގެ ޚިދުމަތަށް އުފެއްދެވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުން މި ދަތުރުގައި ބައިވެރިވެވަޑައިގަތީ، ފޯރަމުގައި ވާހަކަ ހުށަހެޅުއްވުމުގެ އިތުރަށް ޒަމާނީ ޓެކްނޮލޮޖީއާއި ޢިލްމީ އާ ވިސްނުންތަކާއެކު ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި، އީޖާދީ އާ ގޮތްތަކަށް އަހުލުވެރިވެވަޑައިގެން، ރާއްޖެއަށް އެ ގޮތްތައް ތަޢާރަފުކުރެއްވުމަށް" ކަމަށް އާދަމް ނަޞީރު ވިދާޅުވިއެވެ.



advertisment