ފުލުހުން ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ހާޒިރުވާންވީ ފަރާތުގެ މައުލޫމާތު
ނަމާއި އެޑްރެސް: މަޢުރޫފް ޢަލީ، 42، ނާދީ، ބ. އޭދަފުށި
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް
ހާޒިރުވާންވީ ތަން: ގަލޮޅު ޕޮލިސް ސްޓޭޝަން
ހާޒިރުވާންވީ ތާރީހު: 2025 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 14:00 އަށް



advertisment