Support Us

"ޝާރުޖާ ނެރޭޓަރސް ފޯރަމް" ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު އާދަމް ނަޞީރު ޔޫ.އޭ.އީ އަށް

"ޝާރުޖާ ނެރޭޓަރސް ފޯރަމް" ޝަރަފުވެރިކޮށްދެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފިއެވެ.

މި މަހު 22އިން 26އަށް އެކުވެރި އަރަބި އިމާރާތުގައި ބާއްވާ "ޝާރުޖާ ނެރޭޓާރސް ފޯރަމް"ގެ 25ވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު އާދަމް ނަޞީރަށް ދައުވަތު ދިނީ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުންނެވެ. މި ސެޝަންގައި ވަޒީރު އަރިހުގައި ބައިވެރިވާ ދިވެހި ވަފުދުގެ ދަތުރާ ގުޅޭ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ވެސް އެ އިންސްޓިޓިއުޓުންނެވެ.

"ދަތުރުވެރީންގެ ވާހަކަ" މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ތާރީޚާއި ސަޤާފަތާއި އާދަކާދަތައް ބޭރު ދުނިޔެއަށް ދައްކުވައިދިނުމުގެ އިތުރުން، ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނެއެވެ. މިގޮތުން މި ފޯރަމުގައި ރާއްޖެ ބައިވެރިވެރިވެފައިވާއިރު މީގެ ސަބަބުން ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވެސް ލިބިފައިވާ ކަމަށް ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ.

"މިގޮތުން މި ދަތުރުފުޅުގައި ވަޒީރާ އެކު ރާއްޖޭގެ ސަޤާފީތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރެއްވުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ޤައުމީ ޚަޒާނާ"އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ޝަޚްސިއްޔަތެއް، ރާއްޖޭގެ ސަޤާފީ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި މަޤްސަދުގައި ޢިލްމީ ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ އަދި އެ ރޮނގުން ހޯދުންތަކެއް ހޯދާ ޝާއިޢުކޮށްފައިވާ ފަރާތެއްގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރީންތަކެއްގެ ހުށަހެޅުން ހުށައަޅަދޭނެ ފަރާތްތަކެއް ވެސް ބައިވެރިވަޑައިގެންނެވިއެވެ." އެ ވުޒާރާގެ ބަޔާނެއްގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *