Support Us

ރައްޔިތުންނާ ގުޅިގެން ކައުންސިލުން ހުށަހަޅާ ކަންކަމަށް އިޖާބަ ދޭނަން: ރައީސުލްޖުމްހޫރިއްޔާ

އިޤްތިޞާދީ ނަފާ ހޯދުމަށް ރައްޔިތުންނާ ގުޅިގެން ކައުންސިލުން ހުށަހަޅާ ކަންކަމަށް އިޖާބަ ދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާ ކަމަށާއި، އެއީވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ ބިމެއް ކަމަށެވެ. އެ ބިމުގެ ބޭނުން ކުރުމަށްވެސް، ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން މަގުފަހިކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ނޭކުރެންދޫ ސްވިމިން ޓްރެކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަސައްކަތް ކުރިއަށްގެންދަވާނީ ބަނދަރުގެ މަސައްކަތާ އެކުއެކީގައި ކަމަށެވެ. މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫޢު ނިމިގެންދާނީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ބަނދަރުގެ ޖާގައަށް 100 ފޫޓު އިތުރުކުރައްވައިގެން ކަމަށާއި، ދޯނި އެހެލާ ސަރަޙައްދަކާއި، މޫދަށް އެރޭ ސަރަޙައްދެއްވެސް މި މަޝްރޫޢާއެކުގައި ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ދިގުލައިގެން ގޮސްފައިވާ ސްކޫލް މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އާ ދިރާސީ އަހަރު، އާ އިމާރާތް ބޭނުންކުރެވޭނޭ ގޮތަށް މަޝްރޫޢު ނިންމަވައިދެއްވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ލަސްވެގެން އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފައްޓަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ފެއްޓެވި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހިމެނޭހެން، ސިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް ނޭކުރެންދޫއަށް ވަނީ މުހިންމު މަސައްކަތްތަކެއް ތާވަލުކުރައްވާފައެވެ. އެ ރަށުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރައްވާއިރު، އިންޑޯ ބެޑްމިންޓަން ކޯޓެއް ހިމަނުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑަށް ބޭނުންވާ ޒަމާނީ، އިތުރު ވަސީލަތްތައް ޤާއިމުކޮށްދެއްވާނޭ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *