ގުންފައި ޖަހާފައި ބާރު ބާރަށް ހިނގިއަކަސް އަދި ބިންމަތީ
ބިންގަނޑު ފަޅާލާފައި ތިމާޔަށް އަޑިއަކަށް ނުދެވޭނެ ކަން
ފެންގަނޑު ކެކޭ ވަގުތަކު އެ ފެންގަނޑަކުން ތިބާ އަދި ބެލިިއަކަސް،
ފެންނަން ތިބާ ތަޞްވީރު ހުރިގޮތް ރަނގަޅަކަށް ނޭނގޭނެ ކަން
ރުޅިވެރި ކަމާއެކު ހަށިގަނޑުގެ ލޭ ހޫނުވާ ވަގުތެއް ގައެއް،
ފުރިހަމަ ޢަދުލު އިންސާފަކުން ކަންކަން ނުއެއް ނިންމޭނެ ކަން
ހިތުގައި ތިބާ ގިންޏެއް އަނދާ ފަދަ މީހަކާ އެކު އުޅުނަކަސް
ހިތް ހަމަޖެހޭ ލޯތްބެއް ޙަގީގީ ހިތުގައެއް ނޯންނާނެ ކަން
އިސްކޮޅު ކިތަންމެދިގަސް ތިބާ "ބިންހިމަ ގަހުގެ ގޮތްޕަށް އަރައި"
ގިސްލައި ތިބާ ފުމުނެއް ކަމަކު، އުޑުގައި އަތެއް ނުޖެހޭނެ ކަން
ކަނޑުވާ ވަގުތު އަޑިއަށް އެދާ ހިނދުގައި ތިބާ ބޭނުން ނެތަސް،
އަތުގައި ޖެހޭ ހަމަ ކޮންމެ އެއްޗެއް ގައި، އަތުން ހިފިދާނެ ކަން
މީހުންގެ އަބުރާ ޢިއްޒަތާ ޢިއްފަތް ނަގައިލާ އިރު ތިބާ،
މީހުން ތިބާޔަށް ޤަދަރު ކޮށް، ކުރުނީސް ކޮށެއް ނުހަދާނެ ކަން
