Support Us

އިންޑިއާ- ޗައިނާ ބޯޑަރުގައި ހޫނު ގަދަވަނީ

އިންޑިއާގެ ސިފައިންތަކެއް ގާނޫނާ ޚިލާފަށް ބޯޑަރު ހުރަސް ކުރަން މަސައްކަތްކޮށް، އެ ސަރަހައްދު ޕެޓްރޯލް ކުރަން ތިބި ސިފައިންނާ ދިމާލަށް އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖެހި ކަމަށް ޗައިނާއިން ތުހުމަތު ކޮށްފިއެވެ.

މި އަމަލުގެ ސަބަބުން ޗައިނާއިން މަޖުބޫރީ ފިޔަވަޅުތަކެއް ސިފައިންނާ މެދު އަޅާފައިވާ ކަމަށް ޗައިނާ ގާޑުން ބުނެފައި ވާއިރު މިއީ ކޮން ކަހަލަ ފިޔަވަޅުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް އިންޑިއާއިން މި ރިޕޯޓް ވަނީ ދޮގުކޮށްފައެވެ. އަދި އިންޑިއާ ސިފައިން ބޯޑަރު ހުރަސް ނުކުރާ ކަމަށާއި، އަދި ބަޑި ނުޖަހާ ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވޭތުވެދިޔަ މަސްތަކުގައި ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

"އެއްވެސް ހާލަތެއްގައި އިންޑިއާގެ ސިފައިން އެލް.އޭ.ސީ ހުރަސްކޮށްފައި ނުވާނެ އަދި އެއްވެސް ގޮތަކަށް ބާރުގެ ބޭނުންކޮށް، ބަޑި ޖަހާފައެއް ނުވާނެ." އިންޑިއާގެ ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ.

ޗައިނާގެ ތުހުމަތަކީ ތެދެއް ކަމަށް ވާނަމަ، ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި މިއީ އަލަށް ބޯޑަރުގައި ބަޑިޖެހި ފަހަރަށް ވެގެންދާނެއެވެ. އެއްބަސްވުމުގައި ވާގޮތުން، ބަޑި ނުވަތަ ހަތިޔާރު އެ ސަރަހައްދުގައި ބޭނުން ކުރުމަކީ މަނާކަމެކެވެ.

އިންޑިއާގެ ސިފައިން ގާނޫނާ ހިލާފަށް އެލް.އޭ.ސީ ހުރަސްކޮށް ޝެންޕާއޯ ފަރުބަދަ ހުންނަ ސަރަހައްދުގައި އޮންނަ ޕަންގޮންގް ސޯ ލޭކްގެ ދެކުނު ފަރާތައް ދިޔަ ކަމަށް ޕީޕަލްސް ލިބަރޭޝަން އާރމީގެ ސްޕޯކްސްޕާރސަން ޒޭންގް ޝުއިލީ ބުނެފައިވާ ކަމަށް ދައުލަތުގެ މީޑިއާ ގްލޯބަލް ޓައިމްސްގައި ވެއެވެ.

އިންޑިއާގެ އަމަލްތައް ހުރި ގޮތުން ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފުވެ، ސަރަހައްދުގެ މަސްރަހު ވަނީ ގޯސްވެފައި ކަމަށް ވެސް ޒޭންގް ބުނެފައިވެއެވެ.

އިންޑިއާއިން ނެރެފައިވާ ސްޓޭޓްމަންޓްގައި، ދެ ގައުމުގެ ދެމެދުގައިވާ އަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށާއި ނަމަވެސް އަމިއްލަ ގައުމުގެ ސަލާމަތާއި އަމާންކަން، ކޮންމެ ހާލަތެއްގައިވެސް ދިފާއުކުރާނެ ކަމަށް ބުނެފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *