ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހެންވޭރު ނިކަގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 2:00 އާއި 4:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރަބަރުގަސްމަގު ގޯޅި 1، 2، އޯކިޑްމާ ހިނގުން، އިރުދޭމާ ހިނގުން ގޯޅި 2 އަދި 3، އަދި ދުނބުރިމަގު ހިމެނޭ ސަރަހައްދުތަކުން ވެސް މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.
ވީމާ މި ސަރަހައްދުތަކުގެ ރައްޔިތުން މިކަމަށް ތައްޔާރުވެ، ކުރިއާލައި ފިޔަވަޅު އެޅުމަށް ސްޓެލްކޯ އިން އިލްތިމާސްކުރެއެވެ.



advertisment

