މުވައްޒަފުންނަށް ބޭނުންވާ އިލްމާއި ހުނަރު ގާތުން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު އިފްތިތާޙުކޮށްފިއެވެ.
މިއަދު ބޭއްވި ހަފުލާއެއްގައި މި ޕޫލް މިއަދު އިފްތިތާހުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި، އިންހައުސް ޓްރެއިނަރސް ޕޫލަކީ، އެ ކުންފުނީގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިން އާއި މުވައްޒަފުންނަށް ބޭނުންވާ ހުނަރު ދެނެގަނެ އެ މުވައްޒަފުންނަށް ބޭނުންވާ އިލްމު އެންމެ ގާތުން ފޯރުކޮށްދިނުމަށް ފަށައިގެންފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކުރި ސްޓެލްކޯގެ 35 މުވައްޒަފަކަށް ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އަދި ސްޓެލްކޯ ޓްރެއިނަރސް ޕޫލުން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތް ވެސް މިއަދުގެ ވަނީ އިފްތިތާޙުކޮށްފައެވެ.

"މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމައިފައި،" ސްޓެލްކޯގެ ބަޔާނެއްގައި ވެއެވެ.
"ސްޓެލްކޯ ޓްރެއިނަރސް ޕޫލްގައި މިވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ޚާއްސަ މުވައްޒަފުން ހިމެނޭ."



advertisment

