Support Us

މާދަމާ މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ސްޓެލްކޯއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުން އަދި ހެނދުނު 09:00 އިން 12:00 އަށް ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަޙައްދުތަކުން އަދި މެންދުރުފަހު 2.00 އާއި 4.00 އާ ދެމެދު ގުލޭނޫރަން މަގު، ސިއްކަގޯޅި، އަދި ކަރަންކާ މަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގު، ދިއްގާ މަގު، ހިރުނދު މަގު އަދި ނިރޮޅު މަގު ގޯޅި 11، 12 އަދި 13 ހިމެނޭ ސަރަޙައްދުން މާދަމާ ހެނދުނު 10:00 އާއި 11:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

"ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން އަދި ބުނީ އެ ސަރަހައްދުތަކުގެ ގޭބިސީތަކަށް އެކަން ވަކިވަކިން ވެސް އަންގައި، ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"މި މަސައްކަތަކީ ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް،" ސްޓެލްކޯ އިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *