Support Us

"މިހެންވީ ނަމަ"

މިއަށްވުރެ މާރަނގަޅު ވީހޭ މި ގައުމަށްވެސް އުފަން ނުވި ނަމަ
މިއަށްވުރެ އަދި ރަނގަޅު ވީހޭ ދެލޯ އެކުގަ މި ކަނުވީ ނަމަ

ލޮލަށް ފެނުމާ އެކީގައި އަޑު އިވޭ "މުޑުދާރު" އަޑުތައްވެސް
ލޮލަށްވެސް ނުފެނުމާ އެކުގައި ދެކަންފަތް ބީރުވެސްވީ ނަމަ

ދުލުން ނުބުނަން ކަމަށް ހުއްޓަސް ބަހެއް ހަމަބުނެވި ދާނޭތީ
ދުލާ އަނގަޔާ އެކީ ތަޅުއެޅި އެކީގައި ބަންދު ވެސްވީ ނަމަ

ފުރައިގެން ގޮސް އެތައްދުރު ގައުމު ތަކުގައި އުޅުނު އިރުގައިވެސް
ފުރައިގެން ނައިސް އެތާ ހުއްޓާ އެތަނަކަށް މަރުވެގެން ދިޔަ ނަމަ

މިގައުމުގެ އެކި ދިމާލަށްގޮސް ހިނގާލީމާ ކުރާ އަސަރުން
މިހެން ނުހިނގޭ ގޮތަށް މާހެޔޮ ދެފައި ކޮޅު ވާވެފައި ވީ ނަމަ

މި މުސްލިމް ގައުމު އަދު ދުނިއިން ފަޟީހަތްވާ އަސަރު ކުރުމަށް
މިހަށިގަނޑުގައި މިވާ ފަސް ހިއްސުވެސް ރަނގަޅީ މިއަދު ނެތް ނަމަ

މިގައުމުގެ ރައްޔިތުންގެ ލަދާއި ތަދު ނުފިލައި މިތިބަ ޙާލުން،
މިގައުމުގެ ރައްޔިތެއްގެ ނަމުން މި އައި.ޑީ ކާޑު ނުހެދުނު ނަމަ

އަތުން ފައިން ގޯސް ހެދޭތީ ވެސް ބައެއް ފަހަރަށް ކުރާ އަސަރުން
އަތަށް ރަނގަޅީ ކަމެއް ނުވެވޭ ނުކުޅެދޭ މީހަކަށްވީ ނަމަ

ދުރަށް ވިސްނައި ލުމުން މުސްތަގްބަލާ މެދު ހާސްވެ ގޮތް ހުސްވޭ
ބޮލެއް ހުއްޓަސް މަށަށް ރަނގަޅީ އަޑީގައި ސިކުނޑި ނެތް ނަމަ

ހިތަށް މިއަރާ އެތައް ކަމަކުން ހިތާއި ފިތަށް ކުރާ އަސަރުން،
މިހާލަތުގައި މަށަށް ރަނގަޅީ މިތޮށިގަނޑު ގައި ހިތެއް ނެތް ނަމަ

މިހަށިގަނޑުގައި ހިނގައި ދީނާއި ގައުމިއްޔަތުގެ ރޫހާ، ލޭ،
މިއަދު ރަނގަޅީ މިހުރިހާ ނާރުތައް އެކުގައި" ބުލޮކް" ވީ ނަމަ

މިތާނގައި މިހިރަ ހިނގަމުންދާ ނުބައި ކަންތައް ނުވެސް ފެނުނީސް
ވިހާފައި ޅަފަތުގައި އޮތްއިރު އެތަނުގައި މަރުވެގެން ދިޔަ ނަމަ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *