Support Us

ފަހުގެ 3 ބިލް އަޅައިކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ: ސްޓެލްކޯ

ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލް އަޅައި ކިޔުމުން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިހެން ބުނީ އަގުހެޔޮ ޓެރިފް ރޭޓުން މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ބުނެ ޝަކުވާކުރާތީ އެކަން ސާފުކޮށްދިނުމަށް އެކްސްގައި ނެރުނު ބަޔާނެއްގައެވެ.

"އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ. އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން. އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ،" ސްޓެލްކޯ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *