މާލޭ ސަރަހައްދަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލްކަން އެބަހުރި ސްޓެލްކޯ އިން ބުނެފިއެވެ.
މާ ބޮޑު ތަފްސީލެއް ނެތި ސަރުކާރުގެ މައި އިންޖީނުގެއިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ "މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި 28 އޭޕްރީލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ނިއްވާލައިފައި" ވާ ކަމަށާއި އެ ހާދިސާ ހިނގިތާ ދެ ދުވަހެއްތެރޭ އިންޖީނު މަރާމާތު ކުރެވި މިހާރުވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ.
"…އަދި ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާރ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ މި ކުންފުނީގައި ހުރި ކަމުގެ ޔަގީންކަން އަރުވަން. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން މި ކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް،" ސްޓެލްކޯ އިން ބުނެއެވެ.
"މާލޭ ޕަވަރހައުސްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވަން ބޭނުންފުޅުވާ ނޫސްވެރިންނަށް އަޅުގަނޑުމެން އެ ފުރުސަތު ހުޅުވާލަން."



advertisment

