Support Us

ހުޅުމާލެއަށް 21: ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތަކުގެ "ޑިސްކައުންޓް ވީކް" ފަށައިފި

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފިއެވެ.

ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓު އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޑިސްކައުންޓް ހަފްތާ ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން، ގިނަ ފިހާރަ އަދި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމްތަކުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެކިއެކި ވިޔަފާރިތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޑިސްކައުންޓު ލިބޭނެ ކެފޭތަކާއި ފިހާރަތައް:

  • ފަހި ޕްލާޒާ (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ހުވަނދުމާ ހިނގުން.
  • ރަޓަޓޫލީ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ހިތިގަސް މަގު، ގޯޅި 17.
  • އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް)_ ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް.
  • ބްރެޑް މެޓާރސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.
  • އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) _ވިނަރެސް 10، ހުޅުމާލެ ފޭސް 2.
  • މަންހެޓަން ފިޝް މާކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ސެންޓްރޯ މޯލް.
  • ގްލޯރިއާ ޖީންސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، މޭޕަލް ޓަވަރ.
  • ކޮފީ ވިއު (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ފެރީ ޓާމިނަލް ކިއޮސްކް 1.
  • ޗިކިންގ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) _ އަމިން އެވެނިއު، އޯކް ޓަވަރ.
  • ރެޑްވޭވް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %10 ޑިސްކައުންޓް) _އަސުރުމާ ހިނގުން.
  • ބޭކާރސް ބާސްކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) _ ނިރޮޅު މަގު، ލޮޓް ނަންބަރު 11203.
  • އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް) _އަމިން އެވެނިއު، މޭޕަލް ޓަވަރ.
  • އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %30 ޑިސްކައުންޓް)_ ބޯގަންވިލާ މަގު.

މިއަދު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުން ފެށި މި ހަރަކާތްތައް، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ. އެގޮތުން ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *