Support Us

ގިނަ މީހުން ބޭނުމީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް

ގިނަ ރައްޔިތުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚިޔާލު ހޯދުމުގެ ޕޯލުން ދައްކައިފިއެވެ.

ދުންފަތާ ދުރުހެލިވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރާއްޖޭގައި ދުންފަތް މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާ ކަޑައެޅުމަށް ޢާންމުންގެ ޚިޔާލަށް ރައީސުލްޖުމްހޫރިއްޔާގެ މީސްމީޑިއާ މަންސަތަކުގައި ހުޅުވައިލެއްވި ޕޯލުގައި ވަނީ، ދުންފަތް މަނާކުރަން ފެންނަނީ 2000ވަނަ އަހަރުން ފެށިގެން، 2004ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށްތޯ އައްސަވައިފައެވެ.

ޢާންމުގެ ޚިޔާލު ހޯއްދެވުމަށް މިމަހުގެ ތިން ވަނަ ދުވަހު ހުޅުއްވައިލެއްވި ފަސް ދުވަހުގެ ޕޯލުގެ ވަގުތު މިއަދު މެންދުރު ހަމަވިއިރު ގިނަ ރައްޔިތުން އެދިފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތާއި ދުންފަތުގެ އުފެއްދުންތައް މަނާކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހުޅުވާލި ޕޯލަށް 5،500 އަށްވުރެ ގިނަ މީހުން ވޯޓު ލައިފައިވާއިރު %51.1 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.

ފޭސްބުކްގައި ރައީސުލްޖުމްހޫރިއްޔާ ހުޅުވައިލެއްވި ޕޯލަށް 5،000 އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު %72 މީހުން ވަނީ 2000 ވަނަ އަހަރު ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.

އަދި އިންސްޓަގްރާމްގައި އެ މަނިކުފާނު ހުޅުވައިލެއްވި ޕޯލްގައި %45 މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *