ރޯދަމަސް ނިމިގެންދިޔަސް އަދި "ލޯމަރާ ނުމެލައްވަވާތި"
ރޯދަމަހު ކުޅަ ހެޔޮ ޢަމަލުގައި ސާބިތުވެ ދެމިތިއްބަވާތި
ދެން އަލުން ބައްދަލު ވެވޭދެން އަންނަ އަހަރުގެ ރޯދަމަސް
އެންމެ "ފޮނި މޭވާ" މި ރޯދަމަހުން ލިބުނު ހިފަހައްޓަވާތި
"ލައިލަތުލް ޤަދްރުން ލިބުނު" މަތިވެރި ނަޞީބުގެ ހިޔަލުގައި،
ކަތިމަގުން މީހާ ނުގޮސް ސާބިތު ވެވޭތޯ ބައްލަވާތި
ރަޙްމަތާ މަތިވެރި ސަވާބާ ދެއްވި މަތިވެރި މައްސަރުން،
ރަޙްމަތުގެ ވާރޭ ވިލާއިން ވެހުނުހާ ފެން، ނަންގަވާތި
ޢުމުރު ދެމިހުންނާނެ ދުވަހެއްވެސް އެނގެން ނޯންނާނެތީ
ޢުމުރު ނިމި ދާނދެން ތިބާމެން ހެޔޮޢަމަލު ދަމަހައްޓަވާތި
އަޖުރުގައި، ސާބިތުވެ ތިބުމަށް ޢަޒުމުގައި ގޮތް ދޫނުކޮށް،
އަބަދުވެސް ﷲ ޙަޟްރަތުގައި އަދައިގެން ދަންނަވާތި
