އަދު ފެށުނު ކޮވިޑްގެ ނަވާރައިން ދިވެހި ގައުމާ ރައްޔިތުން
އަދު ސަލާމަތް ނުވެ ދަނީ ގައުމަށް ބަޔަކު އިހުމާލު ވުން
ގައިން ގަޔަށް މިއަރައި ނުރައްކައު ވައިރަހުން ރައްކައުވުމަށް،
"ގައި ދުރުވެ" އުޅެވޭނެ ޙާލެއް ގައުމުގައި އަދު ނެތްކަމުން
ދިވެހި ގައުމުގެ މުއްސަނދީންނާ މަހުޖަނުން ބޭނުންތަކަށް
ދިވެހި ގައުމަށް ބޭރު މީހުން އެތެރެ ކުރިލެއް ގިނަކަމުން
އެކިތަފާތު އެތައް ގައުމަކުން ގެންނަމީހުން ޙާލުގައި،
"ގެރި ތަކެއްހެން ކޮށި ކޮށީގައި" ގެންގުޅޭ ނިކަމެތިކަމުން
އަދު މިގައުމާ މާލެއަށް ނުކަތާވަރަށް ގޮސް ތޮއްޖެހުން
އަދު މިފަދަ ބަލިމަޑުކަމެއް "މަންމަތަކުރަން" ހުރި ދަތިތަކުން
"އެގަހު ކޭލެއް މިގަހު ކޭލެއް" ނޭގިގެންގޮސް މުޑިއަރައި،
އެކަކު އަނެކަކު ހޭލި މޭލި ވެގެން އުޅޭ ތޮއް ޖެހުމަކުން
ގެންނަމީހުން ގެންނަ ބޭނުން ފުދުނުމުން މަގުމަތިކުރުން
ދެން އެމީހުން މަގުމަތީގައި "ގަނަތެޅޭ" ނިކަމެތި ކަމުން
