Support Us

ވަކިވެގެން ދިޔުމުގެ ހިތާމަ

* ރާގު: ޔާ މެރީ މަންޒިލް ބަތާ

ވަކިވެގެން މިދަނީ މިއަދު ދެލޮލުން ކަރުނަ އޮހޮރާ ފައޭ
ވަކިވުމު ގެކުރިއަށް އަދާނުވެ "ދަރަނި ތައްވެސް" ހުއްޓައޭ

ކޮންމެއަހަރަކު އެއްފަހަރު ބައްދަލުވެ، ދޭ ހަދިޔާތަކަށް،
އޮންނަނީ އެކަމަށް ޝުކުރުވެރި ވާނެ ފުރްޞަތު ނެތިފައޭ

ކޮންމެ ރެއަކުމެ ފަޖުރުލީމާ އައިސް އެކީ ބައިވެރިވެގެން،
ކޮންމެ ދުވަހަކު "އިރު ފުހޭނދެން" އެކު އެކީގައި އުޅެފައޭ

ދިހަ ދިހައިން ތިން ދަރަޖައެއް ބޭނުން ކުރަން ވެސް ދެއްވުމުން،
ދިހަ ދިހައިން ބޭނުން ނުކޮށް ޣާފިލް ވެފައިވެސް ތިއްބައޭ

ހާސް އަހަރުފަދަ އެއް ރެޔެއްވެސް ދެއްވި އަގުހުރި ފުރްޞަތެއް
ހާސްވެގެން ފުރިހަމަ ނުކޮށް ތިއްބާ ، ދަނީ ނިންމާފައޭ

އަބަދު އެކުގައި އުޅެދިނުން މިތުރެއްގެ ގޮތުގައި އެދުނަކަސް،
އަހަރަކުން އެއް މަސްދުވަސް ނޫނީ ނެތޭވެސް ބުނެފައޭ

ލައްކަ ގިނަ ހެޔޮ ކަންކަމަށް މަގުތައް ކޮށައި ދީ، ވަކިވަނީ،
އަންނަ އަހަރުގެ "މި ދުވަހަށް" ތައްޔާރުވާން ބުނެދީފައޭ

އެކު އުޅުނު އެކުވެރިއަކީ ފަހެ! ކާކު ކަންވެސް ނޭނގުމުން
ވަކިވެގެން މިދަނީ "މިއީ ރަމަޟާން މަހޭ" ބުނެދީފައޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *