ހުޅުމާލޭގައި 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކް ބެހެއްޓުމަށް ސްޓެލްކޯ އިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ މި ދެ ތެޔޮ ޓޭންކަކީ، ކަރަންޓުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާމާލޭ ޕަވަރ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކުރާ ހުޅުމާލެ ޕަވަރހައުސް އެންކްސް ދޭއްގައި ބަހައްޓާ ދެ ޓޭންކު ކަމަށެވެ.
މި ދެ ތެޔޮ ޓޭންކް ބެހެއްޓުމާ ބެހޭ ގޮތުން ދެ ކުންފުނީގެ މެދުގައި މިއަދު ވި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެމް.ޑީ ހުސެއިން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން އެމް.ޑީ އަހުމަދު ސައުދީ އެވެ.



advertisment

