Support Us

ޖޭ.އެސް.ސީގެ ރައީސުލްޖުމްހޫރިއްޔާ މެމްބަރަކަށް ޔަޒްމީދު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ގއ. ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުޙައްމަދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޖޭ.އެސް.ސީ އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ހުންނެވި ރ. އިނގުރައިދޫ، ހިތްވަރު، އަލްއުސްތާޛު މުޙައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވާފައެވެ.

ކުރީގެ ޓެކްސް ކޮމިޝަނަރ ޔަޒީދު މުހައްމަދުގެ ކޮއްކޮ، ޔަޒްމީދު މީގެ ކުރިން ވަނީ އޭ.ސީ.ސީގެ މެމްބަރުކަން ކުރައްވައިފައެވެ. އަދި މަޖިލިސް އިންތިހާބުގައި ވިލިނގިލީ ދާއިރާއަށް ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކޮށް އޭނާ ވަނީ ބަލިވެފައެވެ.

ޖޭ.އެސް.ސީ އަށް ޢައްޔަން ކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޔަޒްމީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ޖޭ.އެސް.ސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ޔަޒްމީދު މުޙައްމަދާ ވަނީ ޙަވާލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *