Support Us

މަސްދަޅުކޭސް ބަހަމުން ދަނިކޮށް ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ދިން ހަމަލާ ނާކާމިޔާބުކޮށްލައިފި

ރަމަޟާން މަހަށް ގޭބީސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް މާލެ ސަރަހައްދަށް ބެހުމުގެ މަސައްކަތް އޮން،ލައިން ޕޯޓަލް މެދުވެރިކޮށް ކުރަމުން ދަނިކޮށް ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަށް ރާއްޖެއިން ބޭރުން މިރޭ ދިން "ޑީޑޮސް" ހަމަލާއެއް ހުއްޓުވައި އަލުން ހިދުމަތް ފަށައިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

"ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ހިންގަމުންދާ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އަޅުގަނޑުމެންގެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ބޭރު ޤައުމުތަކުން ޑިސްޓްރިބިއުޓެޑް ޑިނައަލް އޮފް ސަރވިސް (ޑީޑޮސް) ހަމަލާއެއް ވަނީ އަމާޒުވެފައި. މި ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު ވަނީ މި ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައި. މި ކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯގެ ބަޔާނެއްގައި ބުންޏެވެ.

މަސްދަޅުކޭސް މާލެ ސަރަހައްދަށް ބެހުމުގައި ސްޓެލްކޯގެ މުވައްޒަފުން މިއަދު ވަނީ ބައިވެރިވެފައެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށުމުން ގިނަ ބަޔަކު ދިގު ކިއުގައި ތޮއްޖެހި، ވަގުތުތައް ހޭދަކުރަން ޖެހި ޝަކުވާތައް ބޮޑުވުމުން މިހާރު މަސް ކޭސް ހޯދުމަށް "ރޯދަހަދިޔާ ޕޯޓަލް" ވަނީ ތައާރަފްކޮށްފައެވެ. އެ ޕޯޓަލް އިން ޓޯކަން ނެގުމުން، ބަލާ ދާންވީ ދުވަހާއި ގަޑި އާއި ތަން އެނގެއެވެ.

މަސްކޭސް ދޫކުރާ ތަންތަން:

  1. ގަލޮޅު ދަނޑު– ސެޓަޕް 1
  2. ގަލޮޅު ދަނޑު– ސެޓަޕް 2
  3. ގަލޮޅު ދަނޑު– ސެޓަޕް 3
  4. ގަލޮޅު ދަނޑު– ސެޓަޕް 4
  5. ސޯޝަލް ސެންޓަރު
  6. ވިލިމާލެ – ވެމްކޯ ސައިޓް
  7. ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ
  8. ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)
  9. ހުޅުމާލެ – ހިޔާ ޓަވަރު 10
  10. ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް.

ސަރުކާރުން ބުނީ "މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނަން" ކަމަށެވެ.

ރޯދަ ހަދިޔާ ޕޯޓަލަށް ވަނުމަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *