ރާގު: އޮތުން މޮޅު ކޮންމެ ވެރިކަމަކަށް…
މަށާ ކަލެއާ އެތިބަމީހުން މިތިބަމީހުން ގުޅާލައިދޭ
ވަށައިގެންވާ ވެށީގައި އިޖުތިމާއީ ރޫޙު ދިރުވައިދޭ
އެހިތް ފަރިކުރި ބަހާރުގެމާ މިހިތް ދިއްކުރި އަތަށް ލައިދީ
ދެހިތް އެދިހުރި ހަވާސާގައި ހަޔާތުގެ ޗާޓު ކުރަހައިދޭ
ދަރިންނާ މައިންބަފައިން މެދުގާ އަޚުންނާ އުޚުތުނާ ހިމަނައި
ކުރިންނެތް ލޯތްބަކާ ކުލުނާ ހިމާޔަތު ރީތި ފިރުމައިދޭ
ދުށުންނޭދޭ ކުށެއްގެމަތީ ހުރުން ތުހުމަތު ވަށާލީމާ
ކުށުން މީހާ ބަރީއަވެދާ ފުށުން މައުޟޫއު ހުޅުވައިދޭ
މުސީބާތާ ނުސީދާ ކެހިތަކުން އަނިޔާ ލިބޭހިނދުގައި
ނަސީބާ އަދުލު އިންސާފާ އުފާ ހާލާއި ގުޅުވައިދޭ
ރުހުން ނުރުހުން ހެވާ ނުބަޔާ އޮޅުން ޝައްކާއި ގުޅުނީމާ
މުހިންމު އަދާކުރާ ދައުރުން ނަތީޖާ ސާފުކުރުވައިދޭ
ވަޔާ ހުރި އޮއި ބަދަލުކުރަމުން ޚަރީފުގެ މޫނުދައްކާލާ
ހަޔާތުގެ ކޮންމެ ދައުރެއްގައި ބަހާރުގެ ކޯނި ފޮޅުވައިދޭ
