Support Us

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 49 ބައިވެރިން ނިންމައިފި

އެޗްޑީސީގެ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 49 ބައިވެރިން ނިންމައި ސަނަދު ހަވާލުކޮށްފިއެވެ.

ސަނަދު ދިނުމަށް ހުޅުމާލޭގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އަލީ ހައިދަރު އަހްމަދެވެ.

މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ (އެން.އޭ.ޕީ)ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެކެވެ.

ކޮންމެ މަހަކު އެލަވަންސެއް ލިބޭގޮތަށް، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހަ ދާއިރައަކުން ވަނީ ބައިވެރިން ތަމްރީނުކޮށްފައެވެ. އެއީ، ގާރޑަނިންގ، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންއެވެ.

އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ، އެޗް.ޑީ.ސީ އާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. އެގޮތުން، ތަމްރީނު ދޭ އިންސްޓިޓިއުޓުގެ ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ހަމަޖެއްސީ ޔޫތު މިނިސްޓްރީންނެވެ.

"މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް، ކުރިއަށްދާން ބޭނުންވާ ދާއިރާ އިހްތިޔާރު ކުރުމުގައި އެހީތެރިވާއި، އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުމެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމާއެކު، ގައުމުގެ ތަރައްގީއަށް ބޭނުންވާ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް މި ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން މި ކުންފުނިން އަބަދުވެސް މަސައްކަތްކުރެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *