Support Us

މަސްތުވާތަކެއްޗާއެކު ބ. އަތޮޅުގެ ފަޅުރަށަކުން ނުވަ މީހަކު ހައްޔަރުކޮށްފި

ބ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ. އޭގެ ތެރޭގައި ހަ ބިދޭސީން ހިމެނެއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރުގެ ދަށުން މި މަހުގެ 15 ގައި ހިންގި މި އޮޕަރޭޝަންގައި މާރިކިލުން އެ ނުވަ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 162 ދަޅު ބަނގުރާ އާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުން:

  1. އަލްޙާން ރަޝީދު ޙުސައިން، 49، މ. ޖަވާހިރުވާދީ
  2. މަރްޔަމް ރިފާޢު، 25، ހޮލެންޑް، ޏ. ފުވައްމުލައް، ދިގުވާނޑު
  3. ޢަބްދުލް މުޙްސިން ޙަސަން، 65، ވަފާ، ރ. އިނގުރައިދޫ
  4. ކުމަރެސަން ޗިންނައިއަ، 20، އިންޑިއާ
  5. ދިނޭޝް ސައްމިޔައްޕަން، 29، އިންޑިއާ
  6. އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39، ސްރީލަންކާ
  7. ސަބެޝަން ނަހާރަޖަ، 31، ސްރީލަންކާ
  8. ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، 46، ސްރީލަންކާ
  9. މުޙައްމަދު މައްސޫދު، 46، ބަނގުލަދޭޝް

މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުލް މުޙްސިން ޙަސަން ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެން ތިބި އަށް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *