ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންނާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހަކު މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް އޭނާގެ ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މިހާރު ހައްޔަރުކޮށްފައިވާ އާދަމް އިރުޝާން، 38، ހއ. ކެލާ، ގަހާ، އެކި ފަރާތްތަކާ މުޢާމަލާތްކޮށްފައިވަނީ "ކެލާ އަހައްމަދު"ގެ ނަމުންކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.
"ވީމާ، އާދަމް އިރުޝާން، މަކަރާއި ހީލަތުުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment