Support Us

މިއީ އުމަރު ނަސީރުގެ ހާއްސަ މެސެޖެއް

މިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ބޮޑު ދެ ޕާޓީއެއްގެ މައްޗަށް ކުރި ހޯއްދެވި އުމަރު ނަސީރު، 2028 ގެ އިންތިހާބުގެ އުންމީދުތައް އާކުރައްވައި، ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ތިރީގައި މި ވަނީ އެ ބަޔާނެވެ.

"ސިޔާސީ ޕާޓީތަކުން ބޮޑެތި އެއްވުން ތަކާއި ހިނގާލުންތައް ބާއްވައި، އެމީހުންގެ ތާއީދު އޮތްކަމުގެ މަންޒަރު ދައްކަމުންދާތާ 20 އަހަރު ފުރެނީއެވެ. ދިވެހިން މި މަންޒަރުތައް އެތަކެއް ފަހަރު ދެކެފިއެވެ. މި މަންޒަރުތައް ބެލުމަށް ފަހު އެތައް ފަހަރަކު ވޯޓު ވެސް ދީފިއެވެ. ނަތީޖާ އަކީ ވައްކަމާއި އިސްރާފާއި ނުހައްޤުން ޕާޓީ މީހުންނަށް ދައުލަތުގެ ބިންތަކާއި ރަށްތަކާއި ފަޅުތަކާއި ވަޒީފާތަކާއި ކޮންޓްރެކްޓްތައް ބެހުމެވެ. ޤައުމު އިތުރަށް ދެރުން ނޫން އެހެން ކަމެއް ނުވިއެވެ.

"އަމިއްލަ ފަރުދަކު ނިކުމެ ސިޔާސީ ޕާޓީތައް ބަލިކުރުމަކީ އުނދަގޫ ކަމެއް ކަމަށް އެތައް ބަޔަކު އަޅުގަނޑު ކައިރީ ބުނެއެވެ. ނަމަވެސް އަމިއްލަ ފަރުދަކު ވަނީ، ފައިސާ އާއި ރިސޯސްއާ އެކު ނިކުމެ، ބޮޑެތި މަންޒަރުތައް ދެއްކި ދެ ޕާޓީއެއް މިދިޔަ ރިޔާސީ އިންތިޚާބުގައި ބަލިކޮށްފައެވެ. ދެން އޮތީ ނުހައްޤު ފައިސާ އެއްކޮށްގެން މިފަދަ މަންޒަރުތައް މިހާރު މި ދައްކަމުންދާ ދެ ޕާޓީން ކުރެ ކޮންމެވެސް އެއް ޕާޓީއެއްގެ މައްޗަށް އަންނަ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިހޯދުމެވެ.

"އަންނަ ރިޔާސީ އިންތިޚާބުގައި މި ޕާޓީތަކަށް ނޫނެކޭ ބުނުން އެއީ މި ޤައުމަށް ކުރެވޭ ބޮޑު ޚިދުމަތަކަށްވާނެ އެވެ. އެދުވަސް ވެގެންދާނީ ދިވެހިރާއްޖެ އަށް ބޮޑު އިންޤިލާބީ ބަދަލެއްގެ ފެށުން ފެށޭ ދުވަހަކަށެެވެ.

"މި ޤައުމު އަމިއްލަ ފައިމައްޗަށް ތެދުވާނެއެވެ. އިންޑިޔާގެ އަސްކަރިއްޔާ ފައިބާނެއެވެ. ދައުލަތުން އިސްރާފާއި ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލާނެއެވެ. ތަޢުލީމާއި މަސައްކަތްތެރިކަމާއި ހިވާގި ޖީލެއް ބިނާކުރާނެއެވެ. އިސްލާމީ ޝަރީއަތުގައި ހިފައި ކޮރަޕްޝަނާއި ޑްރަގްގެ މައްސަލަތައް ޙައްލު ކުރާނެއެވެ. ރާއްޖެ މުޅިން އާ މިސްރާބަކަށް ދަތުރުފަށާނެއެވެ. އަޅުގަނޑުމެންގެ މި އަޒުމާއި ހިތްވަރުގައި މާތްﷲ ބަރަކާތްލައްވާށިއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *