Support Us

އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު

ސަޢޫދީ ޕްރިންސް މުޙައްމަދު ބިން ފަހުދު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު، އިޖުތިމާޢީ ގޮތުންނާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިންނާއި، އަދި މީގެ ތެރެއިން ވެސް ޒުވާނުންގެ ކުރިއެރުމަށާއިި، ޞިއްޙީ ޚިދުމަތުގެ ވަސީލަތްތައް ހޯދުމަށް ފަސޭހަ ގޮތްތައް މަގުފަހި ކޮށްދެއްވުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮށްދެއްވާފައިވާ މިންނެތް މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމުގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން، އަދި ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *