މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަކިކުރައްވައިފިއެވެ.
ފައިސަލަކީ ރައްޔިތުންގެ މަޖިލީސްގެ ރައީސް އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲގެ ދަރިކަލުންނެވެ.
ފައިސަލް ވަކިކުރެއްވުމަށްފަހު ރައީސް މިއަދު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާ ހަވާލުކުރައްވާފައެވެ.



advertisment