މަންޝާ މަނިކުގެ ނަމުގައި މީގެ 35 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ފިހާރަ، އައު އަހަރާއެކު، މާ ތަނަވަސް، ބިޔަ، ބޮޑު އިމާރާތަކަށް ބަދަލުވެއްޖެއެވެ.
ރިސޯޓުތަކުގެ ޝޮޕްތަކަށާއި ރަށްރަށުގެ ފިހާރަތަކަށް ބޭނުންވާ އެކި ކަހަލަ ސްވެނިއަރ އާއި ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހުރިހައި ސާމާނެއްގެ އިތުރުން ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދީންނަށް ބޭނުންވާ ހުރިހައި ސާމާނެއް އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނަ "މަންޝާ އޮންލައިން" މިހާރު ހިނގަމުން އަންނަނީ ސަލްޓަންޕާކުގެ އިރުމަތީ މަގުގައި، ގ. މޫނިމާގޭ ހުޅަނގު ކަންމަތީގައެވެ.
މަނިކުސޭޓު ބުނީ އައު އަހަރާއެކު މި ބަދަލު ގެނައީ، "މަންޝާ އޮންލައިން" އަށް އާންމުންގެ މަގުބޫލްކަން އިތުރުވެ، ފިހާރައަށް ޒިޔާރާތްކުރާ މީހުންގެ އަދަދު ވެސް ބޮޑު ތަނުން އިތުރުވުމުން، ވިޔަފާރިކޮށްލަން ފަސޭހަކަމާއެކު ހެލިފެލިވެ އުޅުމުގު ފުރުސަތު ތަނަވަސްކުރުމުގެ ގޮތުން ކަމަށެވެ. އަދި ހަރުތައް އިތުރުކޮށް، ހުރިހައި މުދަލެއް ފަސޭހައިން ފެންނާނެ ގޮތް ހެދުމަށް ކަމަށެވެ.
"މިހާރު މިއީ ވަރަށް ތަނަވަސް، ވަރަށް ބޮޑު ފިހާރައެއް. ރެކުތައް އިތުރުކޮށްފައި ހުންނާނީ ހުރިހައި މުދަލެއް ވެސް ފަސޭހައިން ބަލައިލެވޭނެ ގޮތަށް،" މަނިކުސޭޓު ބުންޏެވެ.
"މަންޝާ އޮންލައިން" މަޝްހޫރުވެފައި ވަނީ ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު، ގިނަ ވައްތަރުތަކެއްގެ މުދާ ދުނިޔޭގެ އެކި ދިމާތަކުން ހޯދައި، އާންމުންގެ އަތްފޯރާފަށަށް ގެންނަ ފިހާރައެއްގެ ގޮތުގައެވެ. އެ މުދަލަކީ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކުގެ ޝޮޕްތަކަށް ވެސް ވަރަށް މުހިންމު ބާވަތްތަކަކަށް ވަނީ ވެފައެވެ.
"މަންޝާ އޮންލައިން"ގެ އައު ފިހާރަ ހުޅުވީ މުދަލުގެ އައު ޝިޕްމަންޓަކާވެސް އެކުގައެވެ.
"ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ޝޮޕްތަކަށް ހާއްސަކޮށް، ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު ވައްތަރުތަކެއްގެ ވަރަށް ގިނަ މުދާ "މަންޝާ އޮންލައިން" އިން މިހާރު ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހައި ބާވަތެއްގެ މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން. މުދާ ޑެލިވެރީ މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށާއި އަދި ބޭނުންވެއްޖެ ނަމަ އެއަރފްރައިޓްކޮށް ވެސް ރާއްޖޭގެ ހުރިހައި ރަށަކަށް ފޮނުވައިދެވޭނެ. އޯޑަރު ދޭތާ ގިނަވެގެން އެއް ގަޑިއިރު ތެރޭގައި ސާމާނު ޑެލިވަރކޮށްދެވޭނެ. އަމާޒަކީ މާލޭ އޭރިޔާ އާއި ބޯޓުފަހަރަށް ގިނަވަގެން 20 ނުވަތަ 40 މިނިޓް ތެރޭގައި ޑެލިވަރކޮށްދިނުން،" މަނިކު ސޭޓު ބުންޏެވެ.

"ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ޝޮޕްތަކަށް ބޭނުންވާ ހުރިހާ އެއްޗެއް އޭޓު ޒެޑަށް މިތަނުން ލިބޭނެ. އަދި މާލެއިން ފުރައިގެން ދާން ބޭނުންވާ މީހުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް "މަންޝާ އޮންލައިން" އިން ފޯރުކޮށްދެން. އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް މިތަނުން ލިބެން ހުންނާނެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި މިތަނުން ލިބޭނެ. އެހެންވީމާ ރަށުން ބޭރަށް ދާން އުޅޭ ކޮންމެ މީހަކު ވެސް މި ތަނަށް ވަދެލުމަކީ ވަރަށް މުހިންމު ކަމެއް،" މަނިކުސޭޓު ބުންޏެވެ. "މިތަނުން ވިއްކާ މުދަލުގެ ކޮލިޓީ ރަނގަޅުވެފައި އަގުތަކާ އެއްޗެތި ހެޔޮވީމާ އާންމުން މިތަން ވަރަށް ބޮޑަށް ބަލައިގެންފި. ރާއްޖޭގެ މާކެޓުން އާންމުކޮށް ލިބެން ހުންނަ ހުރިހައި އެއްޗެއް މި ތަނުން ލިބޭނެ. އަގުތައްވެސް ހަމަ އެހާ ހެޔޮވާނެ."
"ހުރިހައި ވައްތަރެއްގެ ހަނޑޫ ހުންނާނެ. ކަދުރު ހުންނާނެ. ހެނދުނުގެ ނާސްތާއަށް ބޭނުންވާނެ އޯޓްސް އާއި ކޯން ފްލޭކްސް އާއި ބިހާއި ކިރާއި ހުރިހައި ސާމާނެއް. ކުކުޅާއި ދަޅުމަހާއި ވަޅޯމަހާއި ސޮސެޖާއި ހުރިހައި ވައްތަރެއްގެ ޑްރިންކްސް އާއި ކޭކު އަޅަން ބޭނުންވާ ސާމާނު، އެކި ވައްތަރުގެ ޕާސްތާ، ނެސްކެފޭ، ބިސްކޯދު، ނޫޑްލްސް، މިހެން ގޮސް ވީކެންޑަށް ބޭނުންވާނެ ހުރިހައި އެއްޗެއް މިހާރު މިތަނުން ލިބޭނެ،" މަނިކުސޭޓު ބުންޏެވެ.

"އޭގެ އިތުރުން ދިވެހިވަންތަ ސްވެނިއަރ ހުންނާނެ. މަގާއި މުންޑާއި ޓީޝާޓް ހުންނާނެ. ކުޑަކުދީންނަށް ބޭނުންވާނެ ހުރިހައި ސާމާނެއް ހުންނާނެ. ރީތިވާ ސާމާނު ހުންނާނެ. ސެންޓު، ލޯޝަން، ބޮޑީ ސްޕްރޭ، ޝޭމްޕޫ ހުންނާނެ. ޖާޒީ އާއި ޓީޝާޓާއި ސޯޓާއި ޒުވާނުން ކުޅިވަރު ކުޅޭ ހުރިހައި ސާމާނެއް ހުންނާނެ. މެޓާ، ޗޮކްލެޓް ހުންނާނެ. އަވިއައިނާއި ގަޑި ހުންނާނެ. އެކި ކަހަލަ ނަޓްސް ހުންނާނެ. ހެލްމެޓާއި އިސްތިރި އާއި ބެޑްޝީޓާއި ކުއިލްޓާއި ގެއާއި ބަދިގެތެރޭގެ އެކި ކަންކަމަށް ބޭނުން ހުރިހައި އެއްޗެއް ހުންނާނެ. ގޮދަޑި ހުންނާނެ. އެކި ސައިޒުގެ ފޮއްޓާއި ދަބަހާއި ތޮތްޕާއި ބެކްޕެކް ހުންނާނެ. މުސައްލަ ހުންނާނެ. އެކި ކަހަލަ ހާޑްވެއާރ ވެސް ހުންނާނެ. ރައްޓެހިންނަށް ދޭނެ އެކި ކަހަލަ ހަދިޔާ ވެސް ހުންނާނެ. އެކި ބްރޭންޑުތަކުގެ މޯބައިލް ފޯނާއި ކަވަރުވެސް ހުންނާނެ."
މަނިކުސޭޓު ބުނީ "މަންޝާ އޮންލައިން"ގެ ހިދުމަތް ހޯދުމަށް، 7772341 ނުވަތަ 7991551 އަށް ގުޅައިލުމުން ނުވަތަ ވައިބަރ/ ވަޓްސްއަޕް މެސެޖެއް ކޮށްލިޔަސް ހުރިހައި ކަމެއް "ވަގްތުންވަގްތަށް" ހަމަޖެހޭނެ ކަމަށެވެ.
"މަންޝާ އޮންލައިން"ގެ އައު ފިހާރައަށް ގެނައި މުދަލުގެ އާ ޝިޕްމަންޓުގެ ބައެއް ފޮޓޯތައް ތިރީގައި މިވަނީއެވެ.



































advertisment

