ދިޔައި އުމުރުން ދުވަސްތަކެކޭ އިއާދަނުވާނެ އެއްއަހަރޭ
މިއައި އައު އަހަރު ހޯދޭތޯ ބަލާށޭ ކުރުވަނީ އުމުރޭ
މުނައްވަރު މާތްމަދީނާ އިން ފަށަން މިއަހަރު ލިބުނު ހިނދުގައި
ފުނަށް ކުރިއަސަރަކުން ތިލަވީ ހިތަށް މާޒީގެ ރަންދައުރޭ
އެނޫރާނީ ޒަމާނުގެ މާތްވި ރޫހާނީ އަސަރު ހިލުމުން
މިނޭވާތައް މިޖައްވުން ދިރުވަނީ ނަބަވިއްޔަ ފުންއަސަރޭ
އަހަރު ނިމުމާ އަހަރު ފެށުމާ މިބަރަކާތްތެރި ބިމާގުޅުމާ
މިހިރަހާ ކަންކަމުން މިދެނީ ކުރާ އުންމީދު ހެޔޮޚަބަރޭ
މުނާސަބު ތަހުނިޔާއާ ހެޔޮއެދުން ލޮބުވެތިވިހާ އަރިހަށް
ގުނާ އަދަދެއް ނުވާ ފޮނުވާލުމީ މިވަގުތު ލިބޭ ފަޚުރޭ
