Support Us

އެމް.ޕީ.އެލްއަށް ލިބުނު ދެ އެވޯޑް އަދި ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް

ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސްގެ ދެ އެވޯޑެއް އެމް.ޕީ.އެލްއަށް

ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށްގެން ދެކުނު އޭޝިއާގެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް އެވޯޑުގެ ދެ ކެޓަގަރީއަކުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އަށް އެވޯޑު ލިބިއްޖެއެވެ.

އިންޑިއާގެ ނިއު ދިއްލީގައި މި މަހުގެ 20 ވަނަ ދުވަހު އޮތް "ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސް- 2024″ ހަފުލާގައި އެމް.ޕީ.އެލްއަށް ލިބުނީ "އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑެވެ. މިގޮތުން "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑަކީ އެމް.ޕީ.އެލްގެ ތާރީޙުގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ލިބިފައިވާ އެވޯޑެކެވެ.

ދެކުނު އޭޝިއާގެ ވިޔަފާރި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި އެވޯޑް ހަފްލާގައި އެމް.ޕީ.އެލްއަށް ދެ އެވޯޑް ވެސް ލިބުނީ ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ޤައުމަކަށް ނިސްބަތްވާ ކުންފުނިތަކާ ވާދަކޮށްގެން ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ. މިއީ ދެކުނު އޭޝިއާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާކެޓެއްގައި ވިޔަފާރި ފުޅާކުރުމާއި ތަރައްޤީކުރުމާއި ޒަމާނީކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ކުންފުނިތަކުގެ ޕާފޯމަންސް އިވެލުއޭޓް ކުރުމަށްފަހު ދޭ އެވޯޑްތަކެކެވެ. އެގޮތުން ތަފާތު 17 ދާއިރާއަކުން އެންމެ ކުރިއަރަމުން އަންނަ ފަރާތްތަށް ފާހަގަކޮށް އެވޯޑްތައް ދީފައިވެ އެވެ.

އެމް.ޕީ.އެލްއަށް ލިބުނު ދެ އެވޯޑް

އެމް.ޕީ.އެލްއަށް އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް އެވޯޑް ލިބުނީ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުތައް ދިނުމަށް ކުރަމުންދާ ތަފާތު ގިނަގުނަ މަސައްކަތްތައް ފާހަގަކޮށްފަ އެވެ. އެ ގޮތުން މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކުރުމަށް އެމް.ޕީ.އެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް ގިނަ ކޯސްތަކާއި ތަމްރީނުތައް ހިންގުމާއި އަދި އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިންޓާރންޝިޕް ޕްރޮގްރާމްތައްވެސް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް އެއް އެމް.ޕީ.އެލްއިން ވަނީ ބާއްވާފައެވެ. މިއީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ކޮންފަރެންސްއެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ހަމަ އެއާއެކު ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓާ ގުޅިގެން އެމް.ޕީ.އެލްއިން ވަނީ މޮޑާން ޕޯޓް މެނޭޖްމަންޓް ކޯހެއްވެސް މި އަހަރުގެ ތެރޭގައި ފަށައިފައެވެ.

އެމް.ޕީ.އެލް އިން އަންނަނީ ވިޔަފާރި ފުޅާކޮށް، އާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަގުން މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑް އެމް.ޕީ.އެލް އަށް ލިބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވިޔަފާރި ފުޅާކުރުމާއި އާމްދަނީ އިތުރުކުރުމަށް ކުންފުނިން ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި މުޅިން އާ ދާއިރާއެއްގެ ގޮތުގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފެށުމާއި އުތުރު މެރިޓައިމް ސަރވިސަސް (ޔޫ.އެމް.އެސް) ގެ ޚިދުމަތް ތަޢާރަފްކުރުން ހިމެނެއެވެ.

މި އެވޯޑަކީ ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސް އެވޯޑްސްގެ "ސްޕެޝަލް ކެޓަގަރީ"ގެ ތެރޭގައި ހިމެނޭ އެވޯޑެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ބޮޑެތި ނަންނަން ކިޔާ އެވޯޑު ވިއްކަންވެސް ހުރޭ އެކި ކުންފުނިތަކުން ބޮޑެތި އިސްޕޮންސަރސިޕް ހޯދައިގެން! އެންމެ ބޮޑު އެވޯޑެއް ދެނީ އެންމެ ބޮޑު އިސްޕޮންސަރ ދޭ ފަރާތަކަށް ކަމަށް ވަނީ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *