Support Us

ނަފުސުގެ ރިހުން

އޭ މަގޭ ނަފުސާ ހަލާކުގެ ހޭ މަގުން ތިޔަހުރެ ދަނީ
ހޭނުލާ ޣަފުލަތުގެ ދާނަށްހޭ ހަޔާތުން ތަންދެނީ

***

ދުނިޔެއަށް އައިކަން ޒަމާނެއް ކަށަވަރޭ ތިޔަ ނަން ނުވާ
އުނި އޮހުނު ފެންފޮދުވަރެއް ތިޔަ އަސްލަކީ އޮޅުމެއް ނުވާ

ފެނިމިއޮތް ދެމަގުން މަގެއް ހިފުމަށް ހަޔާތަށް އަންނަނީ
ހަނދުމަނައްތާލައިފިޔޭ ތިޔަ ނަފުސު އައިމަގު ދުނިޔެއަށް

އަދި ދެކޮޅުވެރިވެއްޖެއޭ ހަމަ ފާޅުގާ ހުރެ ޚަޞްމަކަށް
އަޅެ އަލުން ފޮނުވޭ ހަޔާތުން ހޭ ތިބާ ގެއްލެނި ވަނީ

މަންމައެއްގެ އުނގުން ހިމޭން ނޭވާލަމުން ލޯހުޅުވެމުން
ބައްޕައެއްގެ ކޮނޑުން ދުވަސްގުނި ދުނިޔެދެކެމުން އުފުލެމުން

ލައްކަ ދަރުސޭ ދެއްކެވީ ހަމަ ދަސް ތިބާ ހޭ ނުކުރަނީ
ފަރުޟުކުރި ޙައްޤަށް ނުވޭހޭ ޙުރުމަތެއް ހިތުގާ ހިނގާ

ފުރުސަތުން އެކަހެރިވި އުޑުތައް އަދި ބިމާ ފަރބަދަތަކާ
ބުރަތަކެއް އުފުލަން އުފުލި ޒިންމާ ހިތަށް ހޭ ނާރަނީ

ހުންނަނީހޭ ހުއްޓިފާ ޢަމަލުގެ މަގުން ހެޔޮ ނުހިނގިފާ
ސުންނަތަށް އަނިޔާކުރަން އައްމާރަތަށް ގޮސް ގެއްލިފާ

ދުންޔަވީ އިލްޒާމުތައް ހޭ ރޫޅިގެން ބޮއްސުން ވަނީ
ހުސްއަތާ ކުށްވެރި ނަފުސު މާތް ޙަޟްރަތަށް ހިނދު ގެންދެވޭ

ރުއްސެވުން އެދިގެން ވެވޭ އާދޭހުގާ ޝައްކެއްނުވޭ
ފުއްސެވުން ކުށްފާފަ އެދި ތައުބާގެ ކަރުނޭ ހުސްވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *