Support Us

ކޮވިޑް19 އަށް ރެންޑަމް ޓެސްޓްކުރުމުގެ މަސައްކަތް ޖުމްހޫރީ މައިދާނުގައި ކުރިއަށްދަނީ -އަދިވެސް ފޮޓޯ: އެލިޒީ

ކޮވިޑް19 އަށް މިއަދު 140 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް 140 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 140 މީހުންގެ ތެރެއިން 134 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަނެއް ހަ މީހުންނަކީ އެކިއެކި ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 140 މީހުންގެ ތެރޭގައި ހިމެނެނީ 114 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާގެ ތިން މީހުންނާއި މިސްރުގެ ދެ މީހުންނާއި ކެންޔާގެ މީހެއްގެ އިތުރުން ފްރާންސްގެ މީހެކެވެ.

ކޮވިޑް19 ރާއްޖެއިން 7469 މީހުންނަށް ޖެހިފައިވާއިރު 1426 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 192 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1426 މީހަކު އެބަތިއްބެވެ. ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.

ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *