ތެރެއަށް ހިތުގެ އެރި ބެއްޔަކަސް ސިއްރެއް ފެނޭތޯއޭ ލޮލަށް
ނެރެ މާ ފުނުން ދައްކައިދެނީ ނޫންތޯ ވިދުން ގިރިޓީ އަލަށް
ނެތް ނަމަ، ޖަމާޢަތުގައި މިތުރު، ކައިލާ މަހާ ކައްޓާ އެކީ
ކެތްނުވެ ހަގީގަތް ފަސްއަޅާ ފޮރުވައި ގެނެޔެ ބަދުނާމް ދުލަށް
އެކުގައި ފުރާލީ ރޭދުވާ ކަޅުކޮށް ކަޅުން ކަޅިކޮށްލަމުން
އެކަމަކު، ފަހުން ބޮސްދޭނެޔޭ ބައްދާ އަލުން މިތުރުގެ ކޮލަށް
ހިތްރުއްސުވަން ހެޔޮކޮށް ހިތައި އެއްބައި ތަށިން ދީގެން ކެޔަސް
ސިއްރުން ހަދައި ހާހޫރަތައް އޮއްސާނެޔޭ ގޮސް ގަހު މުލަށް
ދޫކޮށް ހިތުގެ ލަގަނާ އަހާ އެކުގައި ހިބައިން ހިބަކޮަށްދިނަސް
ބީކޮށް އެކަން އޮއިވަރުތެރޭ ގަންބާނެޔޭ ބޯ ފުން ވިލަށް
ފަނޑުކޮށްލުމަށް މާ ދުރުދުރުން ފޮނުވާ އަލީން ލިބިގެން ދިރުން
ފިނޑިނުވެ ހުރީން، މޫނަށް ބަލާން ފައިބާ އަރާ ކުލަޔާ ރުލަށް
