Support Us

މާލޭގައި ބޭއްވި ހަރަކާތުގައި ޕީ.ޕީ.އެމްގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ 

މިއަދުގެ މުޒާހަރާއިން ސަރުކާރަށް ވަރުގަދަ މެސެޖެއް ދެވިއްޖެ: އަބްދުއްރަހީމް

ގައުމު ވިއްކާލުމާ ދެކޮޅަށް މުޅި ރާއްޖޭގައި މިއަދު ބޭއްވި މުޒާހަރާގެ ސަބަބުން ވަރުގަދަ މެސެޖެއް ސަރުކާރަށް ދެވިއްޖެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަދިވެސް ނޫހަށް އަބްދުއްރަހީމް މިއަދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގަދައަށް މުޒާހަރާ ޖެއްސިއްޖެ ކަމަށާއި ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން މިހާރު ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ. މިއަދުގެ މުޒާހަރާގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ވަރަަށް ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ ސަރުކާރަށް އަޑުއިއްވައިފި ކަަމަށާއި ނަމަވެސް އަމަލީ ސިފަ އައުން އޮތީ ސަރުކާރު އަޑުއަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ބޭއްވި ސައިކަލް ބުރުގައި ޕީ.ޕީ.އެމްގެ ނައިބު ރައީސް ސުޖާ ބައިވެރިވެވަޑައިގަންނަވަނީ

"މިއޮއް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައިވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގައުމުގެ ހައްގުގައި އިހްތިޖާޖަށް ނުކުމެއްޖެ. މިކަހަލަ ދުވަސްވަރެއް ނޫންނަމަ އަދި ވަރަށް ގިނަ ބަޔަކު މުޒާހަރާއަށް ނުކުންނާނެ. އަޅުގަނޑުމެން އުއްމީދު ކުރި ވަރަށްވުރެ ވެސް ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ގައުމުގެ ހައްގުގައި ވަރަށް ރަނގަޅު މެސެޖެއް ސަރުކާރަށް އެދިނީ. ދެން އެކަން މި ސަރުކާރުން އަޑުއަހައިފިއްޔާމު ކިތަންމެހާ ވެސް ރަނގަޅު،" އިދިކޮޅު ލީޑްކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

ގައުމު ވިއްކާލުމާ ދެކޮޅަށް މުޅި ރާއްޖޭގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން..

ކޮވިޑް19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ގޮތުން ގައިދުރުކަން ބަހައްޓަން އެޗް.ޕީ.އޭ އިން އަންގަމުންދިޔަ ނަމަވެސް، އެންމެން ބޮނޑިވެގެން ބޭއްވި ސައިކަލު ބުރުގެ މައްސަލާގައި ބަލަންޖެހޭ ކަންކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވުމުން އެކަމާ ގުޅިގެން އަބްދުއްރަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން އަންގައިގެން ފުލުހުން މައްސަލަ ބަލާފާނެ ކަމަށާއި ނަމަވެސް އެހާ ގިނަ އަދަދެއްގެ ބަޔަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގައުމު ވިއްކާލުމާ ދެކޮޅަށް މުޅި ރާއްޖޭގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން..

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިއީ އެންމެ ގިނަ މީހުން އެކުލެވިގެން މިހާތަނަށް ބޭއްވި ސިޔާސީ ހަރަކާތް. ސަރުކާރުން ބޭނުންވެއްޖެނަމަ މައްސަލަ ބެލިދާނެ. އެކަމަކު އެހާ ގިނަ އަދެއްގެ ބަޔަކާ ދޭތެރޭގައި ފިޔަވަޅު އެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް ޕީއެންސީން މިއަދު ހަވީރު 4 އިން އިރުއޮއްސި 6 އަށް ބޭއްވި ހަރަކާތުގައި ރާއްޖޭގެ ގިނަ ރަށްތަކުން ވަނީ ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކޮށްފައެވެ. އަދި މާލޭގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެކުވެގެން ވަނީ ސައިކަލް ބުރެއް ބާއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *