ހިތްތަކުން ކުދި ހިތްތަކަށް ފޮނުވައިދެއޭ އަލިދޯދިތައް
ޝައްކުނެތް ގުޅި އެންމެ މުއްސަނދި ފޯރުކޮށްދޭ ރޯދިތައް
ރޭގަނޑެއްގާ ވޭތުކުރަމުން ދިޔަ އަނދިރި މާހައުލަކުން
އޭގެނޫރުން ދުނިޔެ އަލިވާ ދިރުވައޭ އެބަ ރޫޙުތައް
ބަރުދަނެއް ނެތް ނަފުސުތަކުގައި ކުރަހަމުން ފަވަމުން ފުރާ
ތަރުބަވީ އޮށްޓަރުތަކުން ބަރުކޮށްލައޭ ތަހުރީކުތައް
ނޭގިފާ ދާނޭމަގެއް ތިބި ޖީލަކަށް މަތިވަރު ތެރޭން
ލޭފަވެތި ސަމުގާގެ ޗާޓުން ދައްކައޭ މިސްރާބުތައް
ލާބައާ މަންފާގެ ކީސާތައް ފުރާލައިދީ ވެށީން
ކާބަފައިންގެ ކޮނޑުން އުފުލި ޒީނަތްކުރޭ ބާޒާރުތައް
ކައުނުގައި އޮތް ހާމައަށް ފޮރުވައިދެމުން އެކި އައިބުތައް
ނައުއުގައި ލައްވައިދެއޭ ކުލަފެހި ފަށުއިގެ ފަސާޚުތައް
